ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން-- ފޮޓޯ: އޭޕީ
ދުނިޔެ
29 Jul 2024 | 15:19
ފަލަސްޠީނަށް އެހީތެރިވުމަށް ތުރުކީން އިސްރާއީލަށް އަރާފާނެކަމުގެ އިޝާރާތެއް!

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ތުރުކީން އިސްރާއީލަށް އަރާފާނެކަމުގެ އިޝާރާތެއް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވައިފިއެވެ.

އުރްދުޣާން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ އުފަން އަވަށް ކަމުގައިވާ ރީޒޭގައި ބޭއްވުނު އެގައުމުގެ ވެރިކަން ކުރާ ޕާޓީ، އޭކޭ ޕާޓީގެ ބައްދަލުވުމެއްގަައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުރްދުޣާން ވިދާޅުވީ، އިސްރާއީލަށް ފަލަސްތީނަށް އަނިޔާވެރިކަމާއި އެކު އަމަލު ނުކުރެވޭނެ ކަމަށާއި، މިކަމުގައި ވަރުގަދަ ވާން ޖެހޭ ކަމަށެވެ. 

މިގޮތުން 2020 ވަނަ އަހަރު، އދން ބަލައިގަނެފައިވާ ލީބިޔާގެ އައު ސަރުކާރަށް ޙިމާޔަތް ދިނުމަށް ހިންގި އޮޕަރޭޝަނެއްގެ ދަށުން ތުރުކީގެ ސިފައިން ފޮނުވާފައިވާއިރު، ދާލިކް-ކަރަބާގައި އަޒަރްބައިޖާނުން ހިންގަމުންދާ އަސްކަރީ ޙަރަކާތަށްވެސް ހަތިޔާރު ފޯރުކޮށްދިނުން ފަދަ އެހީތައް ފާހަގަކުރައްވަމުން އުރްދުޣާން ވިދާޅުވީ، މިފަދައިން ފަލަސްތީނު ހިމާޔަތްކުރުމަށްޓަކައި އަމަލު ކުރެވިދާނެ ކަމަށެވެ.

"އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމުގައި އައަޅުގަނޑުމެން ވަރަށް ވަރުގަދަވާން ޖެހޭނެ. ކަރަބާއަށް އެރި ގޮތަށް, ލީބިޔާއަށް ވަތް ގޮތަށް, (އިސްރާއީލަށް) ވެސް އަރަން ޖެހިދާނެ،"

އުރްދުޣާން ވިދާޅުވިއެވެ.

ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް ޔަހުދީން ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އަބަދުވެސް އިސްރާއީލަށް ފާޑުކިޔުއްވާ އުރްދުޣާން ގެ މި އިންޒާރު އައިސްފައިމިވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
އާދަމް
ތިކަހަލަ ކުރެވިދާނެ ކަންކަމުގެ ބޮޑު ބިދެބީނދެ ހުންނަނީ ފަލަސްތީނުގެ ރައްޔިތުން މަރާ ހުސްކުރާއިރުވެސް ކުރާއެއްކަމެއްވެސްނެތް
29 Jul 2024
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.