އަހުމަދު މުނައްވަރު - ފޮޓޯ: އަވަސް
ހަބަރު
29 Jul 2024 | 15:22
އެމްއެމްއޭގެ ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރުހުންދޭން ފާސްކޮށްފިއެވެ.

މިފަދައިން ކޮމިޓީން ނިންމާފައިމިވަނީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، މުނައްވަރާއި އިންޓަވިއު ކުރުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުން މުނައްވަރާއި އިންޓަވިއު ކުރެއްވުމަށްފަހު އެވްރެޖް 94.73 އިންސައްތަ މާކްސް ވަނީ ދެއްވާފައެވެ. އެބޭފުޅާ އަކީ ގަވަރުނަރު ކަމަށް ގާބިލު ބޭފުޅެއް ކަމަށްވާތީ އެމްއެމްއޭގެ ގަވަރުނަރަކަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ލަފާގެ މަތިން އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޙާޝިމް އެމަޤާމުން ވަކިކުރެއްވުމަށްފަހު، ގަވަރުނަރު ކަމަށް މުނައްވަރު އައްޔަނު ކުރުމަށް ރައީސް ޑރ.މުޢިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

އެއާއިއެކު، މަޖިލީހުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފޮނުވިއިރު، މުނައްވަރު އެމަގާމަށް އައްޔަނުކުރުމާއިމެދު އާއްމުންގެ ހިޔާލު ހޯދުމަށްވެސް ރައްޔިތުންގެ މަޖިލީހުން ހުޅުވާލިއެވެ.

ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ހާޝިމް އެ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މަޝްވަރާއާއިއެކު، މި މަހުގެ 22 ވަނަ ދުވަހުއެވެ.

ހާޝިމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވީ، ގަވަރުނަރުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުންދާތަން ނުފެންނަ ކަމަށް ވިދާޅުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.