ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް-- ފޮޓޯ: މަޖިލިސް
ހަބަރު
29 Jul 2024 | 16:24
އަންހެނުންނަށް އިހްތިރާމް ކުޑަވާފަދައިން ވާހަކަ ދެއްކި ކަމަށްބުނެ، މެންބަރު ހުސެއިންއަށް ފާޑުކިޔުން އަމާޒުވެއްޖެ

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންހެނުންނަށް ނިސްބަތްކޮށް، އިހްތިރާމް ކުޑަވާފަދަ އިބާރާތުން ވާހަކަ ދެއްކެވުމުން  ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ،ވަޒީފާއާބެހޭ ޤާނޫނު އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން މެންބަރު މުސައިން ވަނީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގަމުންދާކަން ފާހަގަކުރައްވާފައެވެ.

މިފަދައިން ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ، ކައްކަން ވަންނަ ހިސާބަށް ވެސް ބިދޭސީން ގޮސްފިކަމަށާއި، ފިރިމީހާއަށް ކާއެތިކޮޅު ދެނީވެސް ބިދޭސީއެއްކަމަށާއި، އަނބިމީހާ އޮންނަނީ ގޭގައި ކަސޯޓީ ބަލަން ކަމަށެވެ.

"އަޅުގަނޑުމެން ގޭގަ ކައްކާ ކާ އެތިކޮޅު އަޅުގަނޑުމެންނަށް ފޯރުކޮށްދޭން ޖެހޭ އަނބި މީހާގެ ބަދަލުގަ މިހާރު ހުރީ ބިދޭސީއެއް. އަނބި މީހާ އޮންނަނީ ގޭގަ ދެފައި ދަމާ، އޭނަ އޮންނަނީ ރީތިކޮށް ކަސޯޓީއެއް ނޫނީ ކޮންމެސް އެހެން އެއްޗެއް ބަލަން. އަޅުގަނޑުމެންގެ ފިރިމީހާ ގެއަށްދާއިރުގަ ފިރިމީހާ އަށް ކާއެތިކޮޅު ފޯރުކޮށްދޭން ހުންނަނީ ވެސް ބިދޭސީއެއް. އަދި ކޮންތާކު މީގަ މަޖާ ތަންކޮޅަކީ ހުންނަނީ ވެސް ބިދޭސީ ފިރިހެނެއް. ކައްކަން ވެސް މިހާރު ވަންނަ ހިސާބަށް ހިނގައްޖެ"

މެންބަރު ހުސައިން ވިދާޅުވިއެވެ.

މިބީދައިން މެންބަރު ހުސައިން ވާހަކަ ދެއްކެވުމާއިއެކު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ މެންބަރަށް ފާޑުކިޔަމުންނެވެ. މިގޮތުން،  އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ކައްކައި ކާންދީ ގޭތެރޭ މަސައްކަތް ކުރަން ތިބި ބައެއްގެ ގޮތުގައި މިވާހަކަތަކުން ދޭހަވާ ކަމަށެވެ.

ހަމައެއާއިއެކު، ކައްކާފައި ކާންދިނުމަކީ ހަމައެކަނި އަންހެނުން ކުރަން ޖެހޭ ކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
މައްސަލަ އަކީ ކޮބާ؟؟
ދީނުގެ ސިސްޓަމް އޮންނަ ގޮތުން އަސްލަކީ ފިރިމީހާ އަކީ ގެޔަށް ފައިސާ ވައްދާދޭ މީހާ އަނބިންނަކީ ހޯމް މިނިސްޓަރ. އެދެކަމުގައި އެކަކު އަނެއްކަކު އެހީ ނުވާށެކޭ ނޫން .
29 Jul 2024
އަހުމަދު
ހުސެން ކަތިލަން ހަދާނެކަމެއްނެއް ބިސް ނެތީމަ އަހަރެން ހުރިހާކަންތައް ކުރަންޖެހެނީ ނުކުރަނީމަ ބޮޑު މައްސަލަ ހުންނަނީ
29 Jul 2024
އަތްލޫ
ހުސެއިންނު ނުންކޮއްމެމީހަކުބުނިއަސް ހަގީގައްވާނީ ހަގީގަތައް
30 Jul 2024
ޕްރޮބަބްލީ
އެ ބޭފުޅާ ދައްކާނީ އެ ބޭފުޅާގެ އަނބިން ކަން ކުރައްވާގޮތް. އެހެންވީމާ އަދި އަޅުގަނޑުމެން އަންހެނުން އޮފެންޑްވާނެކަމެއްނެތް
30 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.