Advertisement

ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެފި

މަޖިލިސް-- ފޮޓޯ: މަޖިލިސް

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެމްބަރުންގެ އިއްތިފާގުންނެވެ.

މެމްބަރު އިސްމާޢީލް ޝަފީޢު ހުށަހެޅުއްވި މި އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމްވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

Advertisement

ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ގޮނޑި ހުސްވެއްޖެނަމަ، ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. އޭގެ ސަބަބުން، އަވަސް އަވަހަށް ގިނަ އިންތިޚާބު ތަކެއް ބާއްވަންޖެހި، ކޮންމެ އިންތިޚާބަކަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ކޮންމެ ދާއިރާއެއްގެ ބައި-އިލެކްޝަނަކަށް އެވްރެޖުކޮށް ދައުލަތުން 200،000 ރުފިޔާ ޚަރަދުކުރެއެވެ.

މިކަން ހައްލު ކުރުމުގެ ގޮތުން، ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ތެރޭ އިންތިހާބު ބޭއްވުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އެއާއިއެކު، ގިނަ ބައި އިލެކްޝަން ތަކެއް އެއްކޮށް ބާއްވޭ ގޮތްވެގެންދާނެ އެވެ.

އެހެންނަމަވެސް، ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަ ވެގެން 60 ދުވަސް ނުވަތަ، ދެ މަސް ތެރޭ އިންތިހާބު ބޭއްވުމަށާއި، އެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމު ނޫން ކަމަށްވެސް މި އިސްލާހުގައި ބަޔާން ކުރެއެވެ.

ހަމައެއާއިއެކު، އެއްވެސް ސަބަބަކާ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންޖެހޭނެ ކަމަށާއި، އެ ތިން މަގާމު ހުސްވާއިރު، އެ ތިން ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެފައިވާނަމަ، އެ ތިން ކައުންސިލުގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންވާނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، ދެ ބައި-އިލެކްޝަން ދެމެދު އެންމެ ކުރު މުދައްތަކީ 120 ދުވަސް ނުވަތަ ހަތަރު މަސްދުވަސް ކަމަށް ބަޔާންކޮށްފައިވާއިރު، މި އިސްލާހާއެކު، އެއް ބައި-އިލެކްޝަނަށްފަހު، އަނެއް ބައި-އިލެކްޝަނެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ ހަތަރު މަސް ފަހުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement