ހަނިއްޔާ އީރާނުގެ ރައީސް، ޕެޒެޝްކިއަން އާއި ބައްދަލުކުރެއްވުން-- ފޮޓޯ: އޭޕީ
ދުނިޔެ
31 Jul 2024 | 13:49
ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނުގެ ރައީސް ދެއްވައިފި

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން އީރާނުގެ ވެރިރަށް ތެހެރާން އަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ޕެޒެޝްކިއަން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހަނިއްޔާ އީރާނަށް ކުރެއްވި ދަތުރުފުޅުގައި ޔަހޫދީން ހަމަލާދީ ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ޕެޒެޝްކިއަން ވިދާޅުވީ، އީރާނުން އެގައުމުގެ ސަރަޙައްދީ އެއްބައިވަންތަކަމާއި ޝަރަފު ދިފާއު ކުރާނެ ކަމަށާއި، ޓެރަރިސްޓުންގެ މި ހަމަލާ އާއި މެދު ހިތާމަ ކުރަން ޖެހޭނެކަން ޔަގީން ކުރާނެ ކަމަށެވެ.

ހަނިއްޔާ އަށް ތައުރީފް ކުރައްވައި ޕެޒެޝްކިއަން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ހަނިއްޔާ އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ އަވަހާރަވުމުގެ ހިތާމައިގައި އީރާނުން ބައިވެރިވާ ކަމަށެވެ. 

އީރާނާއި ފަލަސްތީނާއި ދެމެދު އޮންނަ ގުޅުން އިހުނަށްވުރެ ވަރުގަދަވާނެ ކަން ފާހަގަކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އަނިޔާވެރިންގެ ދިފާއުގައި ކުރަމުންދާ މަސައްކަތް ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށެވެ.

ހަނިއްޔާ އަވަހާރަވުމުގެ ކުރިން އެބޭފުޅާ އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ޕެޒެޝްކިއަން އާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ހަނިއްޔާ އަވަހާރަވެފައިވާކަން ހަމާސް އިން ކަށަވަރުކޮށްދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިހަމަލާގައި ހަނިއްޔާގެ ބޮޑީގާޑަކު ވެސް މަރުވެފައިވާއިރު، ހަމާސް އިން ބުނީ، މި ހަމަލާދީފައިވަނީ ތެހެރާނުގައި ހުންނަވާ ހަނިއްޔާގެ ގެކޮޅަށް އަމާޒުކޮށް ވައިގެ މަގުން ކަމަށެވެ.

ހަމައެއާއިއެކު، ހަމާސްއިން ބުނީ، ހަނިއްޔާ އަށް އަމާޒުކޮށް ދިން މި ނިރުބަވެރި ހަމަލާއަކީ ޔަހޫދީން ހިންގި ވަރަށް "ފިނޑި" އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ލުއިކޮށް ނުނަގާނެ ކަމަށެވެ. އަދި އެކަމުގައި ހިމެނޭ ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ހަމާސްއިން ވަނީ ދީފައެވެ.

މި ހަމަލާގެ ތަހުގީގު އީރާނުން ފަށާފައިވާއިރު، މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.