އިސްމާއީލް ހަބީބް--
ހަބަރު
31 Jul 2024 | 16:38
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިފަދައިން މަޖިލީހުން ފާސްކޮށްފައިމިވަނީ މިއަދު ކުރިއަށް ދިޔަ ޖަލްސާގައި މިކަމާއި ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހަބީބް މިމަގާމަށް އައްޔަނުކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ 3 މެމްބަރުންނެވެ.

އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުކަމަށް ހަބީބް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވާފައިވާއިރު، ހިއުމަން ރައިޓްސް ކޮމެޓީން ހަބީބާއި އިންޓަވިއު ކުރުމަށްފަހު ހަބީބް އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކުރީ އިއްޔެއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ  ކޮމެޓީން ހަބީބް އާއި އިންޓަވިއުކުރުމަށްފަހު އާއްމު ކޮމެޓީން ފާސްކޮށްފައިވާ މިންގަޑުގައިވާގޮތުގެ މަތިން މެންބަރުން ދެއްވާފައިވާ މާކްސްތަކުގެ އެވްރެޖް 75 އިންސައްތައަށްވުރެ މަތިން އޭނާ އަށް ލިބިފައިވާކަމަށެވެ.

އެހެންކަމުން ހަބީބަކީ  އެޗްއާރްސީއެމެގް މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލް ފަރާތެއްކަމަށް ކަނޑައަޅާ އެފަރާތް އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް ވޯޓް ދިނުމަށް ހުޅުވާލުމުން، ކޮމިޓީގެ ބައްދަލުވުމުގައި ތިބި ހުރިހާ މެމްބަރުންވެސް ވަނީ ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.

އީސީ އަށް ޚިދުމަތްކުރާތާ، 21 އަހަރަށްފަހު އެކޮމިޝަނުން މިއަހަރުގެ މާޗު މަހު ހަބީބް ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ގާނޫނުގައި އޮންނަ ގޮތުން، އީސީގެ މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ގިނަވެގެން ދެ ދައުރުކަމަށްވާއިރު، ހަބީބު ވަނީ ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.