ޔަހޫދީން ހަމަލާދީ އަވަހާރަކޮށްލި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ-- ފޮޓޯ: ރޮއިޓާސް
ހަބަރު
01 Aug 2024 | 15:41
ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިކަމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާދީ އަވަހާރަކޮށްލުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

ހަމައެއާއިއެކު، މި ބަޔާނުގައި ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނު ދަމަހައްޓައި، ޣައްޒާގެ މައްސަލައަށް އަވަސް އަދި ދެމިއޮންނަ ހައްލެއް ހޯދުމުގެ އިތުރުން، އެ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ކަށަވަރުކުރުމަށް ރާއްޖެއިން ވަނީ ބޭރުގެ ގައުމުތަކަށް ގޮވާލާފައެވެ.

ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ، އީރާނުގެ އާ ރައީސް މައްސޫދު ޕެޒެސްކިއާން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ވެރިރަށް ތެހެރާނުގައި ހުންނަވަނި ކޮށް ޔަހޫދީން ދިން ހަމަލާއެއްގައެވެ. މިހަމަލާގައި ހަނިއްޔާގެ ބޮޑީގާޑަކުވެސް ވަނީ މަރުވެފައެވެ.

ހަމާސް އިން ބުނީ، މި ހަމަލާދީފައިވަނީ ތެހެރާނުގައި ހުންނަވާ ހަނިއްޔާގެ ގެކޮޅަށް އަމާޒުކޮށް ވައިގެ މަގުން ކަމަށެވެ.

ހަމައެއާއިއެކު، ހަމާސްއިން ބުނީ، ހަނިއްޔާ އަށް އަމާޒުކޮށް ދިން މި ނިރުބަވެރި ހަމަލާއަކީ ޔަހޫދީން ހިންގި ވަރަށް "ފިނޑި" އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ލުއިކޮށް ނުނަގާނެ ކަމަށެވެ. އަދި އެކަމުގައި ހިމެނޭ ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ހަމާސްއިން ވަނީ ދީފައެވެ.

ހަމައެއާއިއެކު، އީރާނުންވެސް މި ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.