އޭލެވެލް ކިޔަވާ ދަރިވަރުން ތަކެއް
ހަބަރު
02 Aug 2024 | 09:46
ޓީޗަރަކަށްވާން ބޭނުންވެގެން އޭލެވެލް ފަށާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސެއް ދެނީ

ގުރޭޑް 11ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 1500 ރުފިޔާ މަހަކު ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މަސައްކަތް ކުރަމުންދާ 10،000 އެއްއާ ޓީޗަރުންގެ ތެރެއިން 2000 އެއްހާ ޓީޗަރުންނަކީ ބިދޭސީން ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިން ކަމުގައި ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.  

އެކަމަށްޓަކައި ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަޝްރޫޢު ފެށުމަށް މަޝްރޫއުގެ ކޮންސެޕްޓް މިހާރު އެކުލަވާލެވިފައިވާ ކަމަށް ޑރ އަހުމަދު މުހައްމަދު ވިދާޅުވިއެވެ. 

މިއާއެކު، ތައުލީމީ ދާއިރާގެ މުސްތަގުބަލް އޮތީ، ޓީޗިންގ ފޯސްއަށް ވީހާވެސް ކޮލިޓީ ރަނގަޅު، ފެންވަރު ރަނގަޅު ދަރިވަރުން ވަދެގެން ކަން ފާހަގަކުރައްވައި  ސްޓޭޓް މިނިސްޓަރ ވަނީ، އޭލެވެލް ނިންމާ ދަރިވަރުން އެ ދާއިރާއަށް ނެރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން މި ޕްރޮގްރާމް ރޭވިގެން މިދަނީ، ގްރޭޑް 11 އަށް ވަންނަ ކޮންމެ ދަރިވަރަކަށްވެސް އަޅުގަނޑުމެން އެބަ ފުރުސަތު ހުޅުވާލަދެން، އެ ދަރިވަރަކީ ޓީޗަރަކަށްވާނ ބޭނުންވާ ދަރިވަރެއް ނަމަ، ޑުއަލް ޕްރޮގްރާމެއްގެ ތެރެއިން ކުރިއަށް ގޮސް، 11 ނިމޭއިރު އެކުދިންނަށް، ޓީޗިންގ ޕްރިޕޭޓަރ ކޯހެއް ފަރުމާ ކުރެވިގެން މިދަނީ. އެހެންވީމާ އެކުދިން އޭލެވެލް ނިމޭއިރު، އެކުދިން ތިބޭނީ ޓީޗިންގ ކޯހަށް ތައްޔާރުކޮށް ނިމިފައި.

ސްޓޭޓް މިނިސްޓަރު ޑރ އަޙްމަދު

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓީޗިންގެ ދާއިރާއަށް ވަންނަ ދިވެހިން އިތުރު ކުރުމަށް، މިއަހަރު އޭ ލެވެލް ފަށާ ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ސްޓައިޕެންޑެއް ދިނުމަށް ހަމަޖެހުފައިފައިވާ ކަމަށެވެ. 

މިފަހަރު ގްރޭޑް 11 އަށް ވަންނަ، ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާންބޭނުންވާ ދަރިވަރުންނަށް އަޅުގަނޑުމެން ދޭނަން ސްޓައިޕެންޑެއްވެސް. ގްރޭޑް 11 އަށް ވަންނަ އިރު 1500 ރުފިޔާގެ. އެދަރިވަރުން އެއްބަސްވާނެ، ތިމަންނަ އަކީ އެވެނި މާއްދާއަކުން ޓީޗަރަކަށް ވާން ބޭނުންވާ ދަރިވަރެއް ކަމާ، ބެލެނިވެރިންނާ ދަރިވަރުންނާއެކު އެފަދަ އެއްބަސްވުމެއް ހެދިގެން ސްޓައިޕެންޑް ވެސް ދޭނަން. އޭރުން އޭލެވެލް ހަދަމުންދާއިރު އެކުދިން އެދަނީ ޓީޗިންގ ކެރިއަރގެ ޕާތްވޭ ނަގައިގެން، ޤައުމު ބިނާކުރުމަށް މުދައްރިސަކަށް ވުމަށްޓަކައި އަޒުމް ކަނޑައަޅައިގެން   

ސްޓޭޓް މިނިސްޓަރު ޑރ އަޙްމަދު

މިއާއެކު ސްޓޭޓް މިނިސްޓަރ ވަނީ، ކޮލިޓީ ދިވެހި މުދައްރިސުން އުފެއްދުމަށް އޭލެވެލް ކިޔަވާ ވޭހާވެސް ގިނަ ދަރުވަރުން ޓީޗިންގ ގެ ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
Rana Ibrahim Mohamed
ރަގަލހ
02 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.