ހެޕީ މާކެޓްގެ އުޅަނދެއް ޓޯ ކުރަނީ: ފޮޓޯ/ އިހްސާން
ހަބަރު
02 Aug 2024 | 21:58
އިހްސާންގެ ބަފައިބެގެ ކުންފުނީގެ އުޅަނދެއްވެސް ޓޯ ކޮށްފި؛ “ގާނޫނޫ ތަންފީޒުކުރުމުގައި ތަފާތުކުރުމެއް ނޯންނާނެ”

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާންގެ ބަފައިބެ، މުހައްމަދު ނައީމުގެ ކުންފުނި ހެޕީ މާކެޓްގެ އުނޅަދެއްވެސް ފުލުހުން ޓޯ ކޮށްފިއެވެ.

މިކަމާއި ގުޅިގެން ވަޒީރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަންގަވާފައިވަނީ ޤާނޫނު ތަންފީޒު ކުރުމުގާ ވަކި މީހެއް އިސްތިސްނާ ނުވަތަ ޚާއްސަ ނުކުރެއްވުމަށް ކަމަށެވެ.

އަދި އެމަނިކުފާނު އަންގަވާފައިވަނީ އެންމެނަށްވެސް ހަމަހަމަކޮށް ގާނޫނޫ ތަންފީޒު ކުރެއްވުމަށްކަން ފާހަގަކުރައްވައި ވަޒީރު އިހްސާން ވިދާޅުވީ، ފުލުހުން އަދި ތަންފީޒީ އިދާރާތަކުން އެގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރާނެ ކަމަށެވެ. 

ވަޒީރު އިހްސާން މިހެން ވިދާޅުވެފައި ވާއިރު، ދާޚިލީ ވަޒީރު ކަމުގެ މަގާމަށް އައްޔަނު ކުރެއްވުމާ ހަމައަށް، އިހްސާން ވަނީ ހެޕީމާކެޓްގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ. 

ކޮމެންޓް
އައިބީ
ތިޔައީ ދެއްކުމުގެ ގޮތުން ކުރި ކަމެއް. އަހަރަކު އެއްފަހަރު ބިދޭސީން މެޑިކަލް ހަދަން ޖެހެނީ ބަފާބެއަށް ފައިދާ ހޯދުމުގެ ބޭނުމުގައި.ބަފާބެ ފޭދޫ ކްލިކްނިކްއާއި މާލޭ ކްލިނިކުން މެޑިކަލް ހަދާ.
03 Aug 2024
ހެޔޮަައެދޭމީހާ
ماشاء الله! ސާބަހޭ ވަޒީރުިޙްސާން،އިންސާފުވެރިކަމާއެކު ބާރަށް ކުރިއަށްދިއުމުގެހެޔޮތައުފީޤު الله މިންވަރު ކުރއްވާށި! آمين يارب العالمين.
03 Aug 2024
ބޭރި
ތި ވައްދާ ލެކެއްވުރެ އަވަހަށް ނެރޭނެ.
03 Aug 2024
Ahmed Athif Naseer
މިނިސްޓަރު ޢަލީ އިހްސާން ޕާސަނަލީ ހުންނަވައިގެންތޯ ޓޯކުރަނީ
03 Aug 2024
ޢަހުމަފު
ފަޅޮލޭ ކިޔާބަލަ. ހަމަ ވަކި ބަަޔަކަށް ހިނގަނީ
04 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.