އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު: ފޮޓޯ/ ވޮއިސް
ހަބަރު
04 Aug 2024 | 10:00
ގާނޫނާއި ގަވާއިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެވޭނެ؛ އެފަދަ ފަރާތްތައް ޑިޕޯޓްކޮށްލެވޭނެ: ޝަމްޢާން

ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެއްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީގެ ”ސަރުކާރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޖިނާޢީ މައްސަލަ ތަކުގައި ހައްޔަރުކުރާ ބިދޭސީންނާމެދު ޢަމަލު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ، ބިދޭސީންނާ ގުޅުންހުރި ޖިނާއީ މައްސަލަތައްވެސް ބެލުމުގެ މަސައްކަތް ކުރާނީ ފުލުހުން ކަމަށެވެ. އަދި ފުލުހުން އެފަދަ މައްސަލަތައް ތަހުގީގުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ވިސާއާއެކު އެތެރެވެފައިވާ ބިދޭސީން ނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދު ތަކާ ޚިލާފްވެގެން އިމިގްރޭޝަނާ ހަވާލު ކޮށްފިނަމަ، އެ ފަރާތްތައް ޑިޕޯޓް ކޮށްލެވޭނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ. 

ވިސާ ދޫކޮށްފައި ތިބި ފަރާތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރަމުންދާކަން ފާހަގަވެގެން އަޅުގަނޑުމެންނާ އެބަ ހަވާލުކުރޭ. ހަވާލު ކުރީމާ އޭގައި އަޅުގަނޑުމެން އިސްތިސްނާއެއް ނުކުރާނަން ކޮންކަހަލަ ކުށެއްތޯއެއް. ދިވެހި ރާއްޖޭގެ ގާނޫނާ ގަވާއިދަށް އަމަލުތަކެއް ކުރަމުންދާނަމަ، އެފަރާތްތައް ޑީޕޯޓް ކުރާނެ. ރާއްޖެއަށް އަނބުރާ އެފަރާތްތަކަކަށް ނާދެވޭނެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު

މިއާއެކު، ރާއްޖޭގެ އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ބިދޭސީން ކުރުމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މިހާތަނަށް އައި ސަރުކާރުތަކުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމެއްކަން ފާހަގަކުރައްވައި ޝަމްޢާން ވިދާޅުވީ، ކަންމިހެން ހުރި ނަމަވެސް ރާއްޖޭގެ ގާނޫނު ތަކާ ގަވާދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެވޭނެ ކަަށެވެ. 

ރާއްޖޭގެ ގާނޫނު ތަކާ، ގަވާއިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެވޭނެ. އެފަދަ ފަރާތްތައް ފާހަގަވާ ހިނދު އެފަދަ ފަރާތްތަކުގެ ވިސާ ބާތިލް ކުރެވި ރާއްޖެއިން ފުރުވާލެވޭނެ. 

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު

ޝަމްޢާން މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީއަކުގެ މައްސަލަ ބަލައި ފުލުހުން އެމީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އެ އެންމެން ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނަ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. 

އަދި މި ސަރުކާރު އައި ފަހުން، މިހާތަނަށް 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށްވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
Yoonus Mohamed
ސާބަހޭ ގައުމު ކުރިއަށް ދާނީ އިހްލާސްތެރި ބަޔަކު ވެރިކަމުގައި ތިބެގެން. ޤާނޫން ދަމަހައްޓައިގެން. ބަޔަކު ކޮއްމެއެއްޗެއް ކިޔަސް ބާރަށް ކުރިޔަށް.
04 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.