ހިޔާ ފުލެޓްތައް: ފޮޓޯ/ވޮއިސް
ހަބަރު
04 Aug 2024 | 21:34
ފުލެޓްތައް ކުއްޔަށްދީ، ގަވާއިދާ ޚިލާފަށް ޢަމަލު ކުރާނަމަ، ފިޔަވަޅު އަޅާނަން: ހައުސިންގ މިނިސްޓްރީ

މާލެ ސަރަހައްދާއި އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތަށް، ކުއްޔަށް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް މާލެ ސަރަހައްދާއި އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ (އެސްޓިމޭޓެޑް މަންތްލީ އިންސްޓޯލްމެންޓް، ނުވަތަ އީއެމްއައި)ގެ %20 މާފްކޮށްދެއްވާފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްގެ ވަރިފަރާތްތަކަށް އެ ވުޒާރާއިން އަންގާފައި ވާ ކަމަށްވެސް ބުންޏެވެ. 

އެހެންނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް މި ހައުސިންގ ޔުނިޓްތަކަށް ފައިސާ ދައްކާފައިނުވާ ކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.

މިއާއެކު، އެ ވުޒާރާއިން ބުނީ، ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި، ޔުނިޓް ކަނޑައެޅިފައި ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓްތައް ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނައުމާއި، ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން އެ ވުޒާރާއިން ބަލަމުންދާ ކަަމަށެވެ.

"މިގޮތަށް ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާއި މެދު އެއްބަސްވުމާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ،".


ކޮމެންޓް
ޖުހާ Ibrahim
ކޮބާތަ އަޅާނެ ފިޔަވަޅަކީ ؟
12 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.