ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ-- ފޮޓޯ: ޕީއައިޑީ
ދުނިޔެ
05 Aug 2024 | 14:17
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވައި، ޤައުމު ދޫކުރައްވައި ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ ވެރިކަން ދޫކޮށްލެއްވުމަށްފަހު، ޤައުމު ދޫކޮށް ފިއްލަވައި ވަޑައިގެންފިއެވެ.

ހަސީނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގައި ވަރުގަދަ މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހަސީނާ މި މަގާމުން އިސްތިއުފާ ދެއްވިކަން އެގައުމުގެ ސިފައިންނާއި، އިންޑިއާގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 15 އަހަރު ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވި ހަސީނާ "ހިމާޔަތް ހޯދުމަށް" ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ވަޑައިގެންނެވި އޭނާގެ ތިމާގެ މީހަކާއި އެކުއެވެ.

ހަސީނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މި މުޒާހަރާތަކުގައި އެގައުމުގެ 14 ފުލުހުން ހިމެނޭހެން 95 މީހަކު މަރުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވެސް ވަދެފައެވެ.

ބަންގްލަދޭޝްގައި މި މުޒާހަރާތައް ފެށިގެން އައީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގައުމުގެ ހައި ކޯޓުގެ މި ނިންމުމާއިއެކު، ވަކި ބަޔަކަށް ހާއްސަކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއިރު، ފަހުން ކޯޓުން ވަނީ ނިންމުން ބާތިލްވެސް ކޮށްފައެވެ. އެހެންނަމަވެސް، އޭގެ ފަހުންވެސް މުޒާހަރާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތައް ފުޅާވެ، މި މުޒާހަރާތަކުގައި މިހާތަނަށް 11،000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.