ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
07 Aug 2024 | 15:49
ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް މަޖިލީހުން ފާސްކޮށްފި

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓާއިއެކުއެވެ. މި ބިލު ފާސްކުރުމާއި ދެކޮޅަށް 5 މެމްބަރަކު ވޯޓް ދެއްވިއެވެ.

މެމްބަރު އިސްމާޢީލް ޝަފީޢު ހުށަހެޅުއްވި މި އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމްވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ގޮނޑި ހުސްވެއްޖެނަމަ، ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. އޭގެ ސަބަބުން، އަވަސް އަވަހަށް ގިނަ އިންތިޚާބު ތަކެއް ބާއްވަންޖެހި، ކޮންމެ އިންތިޚާބަކަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ކޮންމެ ދާއިރާއެއްގެ ބައި-އިލެކްޝަނަކަށް އެވްރެޖުކޮށް ދައުލަތުން 200،000 ރުފިޔާ ޚަރަދުކުރެއެވެ.

މިކަން ހައްލު ކުރުމުގެ ގޮތުން، ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ތެރޭ އިންތިހާބު ބޭއްވުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އެއާއިއެކު، ގިނަ ބައި އިލެކްޝަން ތަކެއް އެއްކޮށް ބާއްވޭ ގޮތްވެގެންދާނެ އެވެ.

އެހެންނަމަވެސް، ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަ ވެގެން 60 ދުވަސް ނުވަތަ، ދެ މަސް ތެރޭ އިންތިހާބު ބޭއްވުމަށާއި، އެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމު ނޫން ކަމަށްވެސް މި އިސްލާހުގައި ބަޔާން ކުރެއެވެ.

ހަމައެއާއިއެކު، އެއްވެސް ސަބަބަކާ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންޖެހޭނެ ކަމަށާއި، އެ ތިން މަގާމު ހުސްވާއިރު، އެ ތިން ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެފައިވާނަމަ، އެ ތިން ކައުންސިލުގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންވާނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، ދެ ބައި-އިލެކްޝަން ދެމެދު އެންމެ ކުރު މުދައްތަކީ 120 ދުވަސް ނުވަތަ ހަތަރު މަސްދުވަސް ކަމަށް ބަޔާންކޮށްފައިވާއިރު، މި އިސްލާހާއެކު، އެއް ބައި-އިލެކްޝަނަށްފަހު، އަނެއް ބައި-އިލެކްޝަނެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ ހަތަރު މަސް ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.