އެމްއެމްޕީއާރސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
08 Aug 2024 | 16:47
އިންޑިޔާ މާކެޓް ދަށްވީ ސަބަބުތަކެއް މެދުވެރިވެގެން، މިއަދު މިތިބީ އެގޮތަކަށް ނޫން: ފައިސަލް

ދިވެހިރާއްޖެއަށް އިންޑިޔާގެ ފަތުރުވެރިން އަންނަ ނިސްބަތް ދަށްވީ ސަބަބު ތަކެއް މެދުވެރި ވެގެން ކަމަށާ، މިއަދު ސަރުކާރު ތިބީ “އެގޮތަށް ނޫން” ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިޞަލް ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖެއަށް އިންޑިޔާ ފަތުރުވެރިން އަންނަ ނިސްބަތް 2021 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް މަތިވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށްވެސް އެ ގައުމު ވެގެން ދިޔަ އެވެ. އެހެންނަމަވެސް، މި ސަރުކާރު އައި ފަހުން، އިންޑިޔާ މާކެޓް ވަރަށް ބޮޑު ތަނުން ދަށްވެ، މިހާރު އިންޑިޔާ އުޅެނީ 5 ވަނައިންވެސް ދަށުގައެވެ. 

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އޮތީ ޗައިނާ އެވެ. 

އިންޑިޔާ ފަތުރުވެރިން އަންނަ ނިސްބަތް ދަށްވެފައިވާތީ، އެ ގައުމުގެ ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ކުރުމަށް ވަޒީރު ފައިޞަލް އާއި އެމްއެމްޕީއާރްސީގެ ޓީމުން ދާދިފަހުން ވަނީ އެގައުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް “ވެލްކަމް އިންޑިޔާ” ނަމުގައި ރޯޑް ޝޯ އެއްވެސް ކުރިއަށް ގެމްގޮސްފައެވެ. 

އެމްއެމްޕީއާރސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް

އެކަމާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރާއްޖެއަށް އިންޑިޔާ ފަތުރުވެރިން އަންނަ ނިސްބަތް ދަށްވެގެން ދިޔައީ ސަބަބު ތަކެއް މެދުވެރި ވެގެން ކަމަށެވެ. 

އިންޑިއާ މާކެޓް ދަށްވީ ސަބަބުތަކެއް މެދުވެރިވެގެން. މިއަދު އަޅުގަނޑުމެން މިތިބީ އެގޮތަކަށްނޫން. މިއަދުގެ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ފޮރިން ސިޔާސަތަކީ ހުރިހާ ގައުމަކާ އެކުވެސް ވަރަށް ގާތް އެކުވެރި ގުޅުމަކާއެކު ކުރިއަށް ދިޔުން. އަޅުގަނޑުމެންގެ ސްޓޭންޑަކީ އިންޑިޔާއާއެކުވެސް، ޗައިނާއާއެކުވެސް ވަރަށް ގާތް ގުޅުމެއް ބާއްވައިގެން. ދުނިޔެއާއި ގުޅިގެން… އެކަހެރި ވުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކީ

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިޞަލް

ވަޒީރު ވިދާޅުވީ މި ސަރުކާރުގެ އެ ސިޔާސަތުގެ ސަބަބުންވެސް އިންޑިޔާ މާކެޓް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށެވެ. 

އަދި އިންޑިޔާގައި ބޭއްވުނީ ވަރަށް ކާމިޔާބު ރޯޑް ޝޯއެއް ކަމަށާ، އަދުވެސް އެގައުމުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެގައުމަށް ދިޔުމަށް ނިންމާފައިވާ ކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެކަންކަމާއެކު އިންޑިޔާގެ ނުފޫޒުގަދަ ފަރާތްތައްވެސް ރާއްޖެ އަންނަން ފަށާނެކަން ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އިންޑިޔާގެ ފަތުރުވެރިން އެންމެ ބޮޑަށް އިތުރުވެގެން ގޮސްފައިވަނީ، ކޮވިޑް އާއި ގުޅިގެން، އެގައުމުގެ ރައްޔިތުންގެ ކަރަންޓީނު ވުމަށް ރާއްޖޭގައި މަޑު ކުރަން ފެށުމާއެކުއެވެ. އެއާއެކު ރާއްޖޭގެ ޓޮޕް މާކެޓަށް އިންޑިޔާ ވެގެން ދިޔައެވެ. އެކަން ނިމުމާއެކު، އިންޑިޔާ ޓޮޕް މާކެޓް ގެ ގޮތުގައި އޮތް ނަމަވެސް، އެގައުމުގެ ފަތުރުވެރިން އަންނަ ނިސްބަތް އައީ ދަށް ވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.