ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް އެމްއޯޔޫގައި ސޮއިކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Aug 2024 | 11:00
ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް އިންޑިއާގެ އެންއައިޕީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ރޭ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި އެންއައިޕީއެލްއާ ދެމެދު ބަދަލުކުރި މިފަހުމުނާމާއާއި ގުޅޭގޮތުން އެ ވުޒާރާއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓަރ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމާއި އީ-ކޮމަރސްގެ ދާއިރާ ތަރައްގީ ކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.

މިފަހުމުނާމާގެ ދަށުން ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާފޮނުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރުމާއިއެކު، މާލީ ބާޒާރުގައި ބައިވެރިވުން ކުޑަ ފަރާތްތަކަށް ޚިދުމަތްތައް ތައާރަފުކުރުމާއި އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށް އިޤްތިޞާދު ކުރިއެރުވުމަށް ހަމަޖެހިފައިވާކަމަށް ވެސް އިގްތިޞާދީ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުންވެސް، ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޤައުމީ އަދި ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން އިތުރުކުމާއި އަލަށް ތައާރަފުވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަން ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ހަމައެއާއިއެކު، ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނެންސްއާ ދެމެދު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ ފަހުމުނާމާ އައުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ސިވިލް ސަރވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.