ޖައިޝަންކަރު އަދި ވަޒީރު ޒަމީރު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Aug 2024 | 12:02
އިންޑިއާއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ހަދަން މަޝްވަރާކުރަން ހުށަހަޅައިފިން: ވަޒީރު ޒަމީރު

އިންޑިއާ އާއިއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރަން ހުށަހަޅާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ ގޮތުން ނެރުއްވި ނޫސްބަޔާނުގައެވެ.

މިގޮތުން ވަޒީރު ޒަމީރު ވިދާޅުވީ، އިންޑިއާއާއިއެކު އެފްޓީއޭއެއް ހަދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ހުށަހެޅުން އިންޑިއާގެ ޖައިޝަންކަރަށް ހުށަހަޅައި އެކަމާ ބެހޭ މަޝްވަރާތައް ފަށަން ބޭނުންވާ ކަމަށެވެ.

އެފްޓީއޭގެ އިތުރުންވެސް އިގްތިޞާދީ އާއި ވިޔަފާރިއާ ގުޅުން ހުރި އެހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިކުރަން ލުއިފަސޭހަވާނެ ކަމަށެވެ.

މިނޫންވެސް ގިނަ ދާއިރާތަކުން ވަޒީރު ޒަމީރާއި ޖައިޝަންކަރު މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އިންވެސްޓްމެންޓް ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމާއި، ތައުލީމާއި ހުނަރު ތަރައްގީ ކުރުމާއި ކުޅިވަރުގެ ދާއިރާ އާއި ދިފާއީ އަދި ސަލާމަތީ ކަންކަމާއި، ކޮންސިއުލާއާ ގުޅޭ ބައި ވެސް ހިމެނެ އެވެ. 

ވަޒީރު ޒަމީރުވަނީ އިންޑިއާއިން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ދޭ އެހީތަކަށާއި، އެކި ދާއިރާތަކުން މެދުކެނޑުމެއް ނެތި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

"ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުން، ކުޅިވަރުގެ ދާއިރާ، ބޯހިޔާވަހިކަން އަދި އުމްރާނީ ތަރައްގީގެ ދާއިރާތައް ފާހަގަކުރެވޭ،" 

ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މި ނޫސްބަޔާނުގައި ވަޒީރު ޒަމީރު ވަނީ އިންޑިއާގެ 'ނޭބަހުޑް ފަސްޓް ޕޮލިސީ'ގެ ދަށުން ރާއްޖެއަށް މާލީ އެހީތެރިކަމުގެ ގޮތުން ވަރަށް ބޮޑު ފައިދާތަކެއް ލިބިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.