މަޝްރޫއުތައް ދިވެހި ސަރުކާރާއި ހަވާލުކުރުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Aug 2024 | 13:31
ރާއްޖޭގެ 28 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް ނިންމައި، އިންޑިއާއިން ސަރުކާރާއި ހަވާލުކޮށްފި

ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމްކުރުމުގެ މަސައްކަތް ނިންމައި އިންޑިއާއިން ދިވެހި ސަރުކާރާއި އެ މަޝްރޫއުތައް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން އެ މަޝްރޫއުތައް ހަވާލުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރުއެވެ. މި މިޝްރޫއުތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޚާރިިޖީ ވަޒީރު މޫސާ ޒަމީރުއެވެ.

އިންޑިއާގެ އެކްސިމް ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ތެރެއިން 28 ރަށެއްގެ މަޝްރޫއުތައް ނިންމިއިރު، އޭގެ ތެރޭގައު، 21 ރަށެއްގެ ފެނުގެ ނިޒާމާއި 2 ރަށެއްގެ ނަރުދަމާގެ ނިޒާމާއި 5 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއު ހިމެނެއެވެ.

ދިވެހި ސަރުކާރާއި މިއަދު ހަވާލުކުރެވުނު މަޝްރޫއުތައް:

1) ހއ. ކެލާ ފެނުގެ ނިޒާމު ގާއިމްކުރުން

2) ށ. ފުނަދޫ ފެނުގެ ނިޒާމު ގާއިމްކުރުން

3) ނ. މަނަދޫ ފެނުގެ ނިޒާމު ގާއިމްކުރުން

4) އއ. ތޮއްޑޫ ނަރުދަމާގެ ނިޒާމު ގާއިމްކުރުން

5) އދ. ދަނގެތި ނަރުދަމާގެ ނިޒާމު ގާއިމްކުރުން

6) ކ. ކާށިދޫ ފެނުގެ ނިޒާމު ގާއިމްކުރުން

7) ޅ. ކުރެންދޫ ފެނުގެ ނިޒާމު ގާއިމްކުރުން

8) ވ. ފެލިދޫ ފެނުގެ ނިޒާމު ގާއިމްކުރުން

9) ވ. ފުލިދޫ ފެނުގެ ނިޒާމު ގާއިމްކުރުން

10) ވ. ތިނަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން

11) ދ. ބަނޑިދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން

12) ދ. މީދޫ ފެނުގެ ނިޒާމު ގާއިމްކުރުން

13) ފ. ދަރަނބޫދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން

14) ފ. ބިލެއްދޫ ފެނުގެ ނިޒާމު ގާއިމްކުރުން

15) ލ. މާބައިދޫ ފެނުގެ ނިޒާމު ގާއިމްކުރުން

16) ލ. އިސްދޫ - ކަލައިދޫ ފެނުގެ ނިޒާމު ގާއިމްކުރުން

17) ލ. މާމެންދޫ ފެނުގެ ނިޒާމު ގާއިމްކުރުން

18) ލ. ގަން ފެނުގެ ނިޒާމު ގާއިމްކުރުން

19) މ. ކޮޅުފުށި ފެނުގެ ނިޒާމު ގާއިމްކުރުން

20) މ. މުލި ފެނުގެ ނިޒާމު ގާއިމްކުރުން

21) މ. މަޑުއްވަރި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން

22) ތ. ހިރިލަންދޫ ފެނުގެ ނިޒާމު ގާއިމްކުރުން

23) ގއ. މާމެންދޫ ފެނުގެ ނިޒާމު ގާއިމްކުރުން

24) ގއ. ދާންދޫ ފެނުގެ ނިޒާމު ގާއިމްކުރުން

25) ގއ. ގެމަނަފުށި ފެނުގެ ނިޒާމު ގާއިމްކުރުން

26) ގދ ފަރެސްމާތޮޑާ ފެނުގެ ނިޒާމު ގާއިމްކުރުން

27) ގދ. ހޯޑެއްދޫ ފެނުގެ ނިޒާމު ގާއިމްކުރުން

28) ގދ. މަޑަވެލި ފެނުގެ ނިޒާމު ގާއިމްކުރުން

މި މަޝްރޫއުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިތުރުން، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.