ނާޒިލް
ހަބަރު
12 Aug 2024 | 14:24
އަޅުގަނޑުމެން ގޯތި ދޫކުރީ ކަނޑަކުން ނޫން ފަޅުން: މެންބަރު ނާޒިލް

ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ފަޅުން ގޯތި ދޫކުރެވިފައިވާކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓަރު އަލީ ހައިދަރު މިއަދު މަޖިލީހަށް ހާޒިރުކުރި ކުރުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އެމްޑީޕީ ސަރުކާރުގައި ބިން ނުހިއްކަނީސް ފަޅަކުން ގޯތި ދޫކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ނާޒިލް މިމޭރުމުން ވާހަކަދައްކަވާފައިވަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން، ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ކަނޑުންވެސް ގޯތި ދޫކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިލް ވިދާޅުވީ ގޯތިތައް ދޫކުރުން ލަސްވުމުގެ މައިގަނޑު ސަބަބަކީ އޭރު އެމްޑީޕީ ސަރުކާރުން ކުރަމުން އައި މަސައްކަތުގެ އަމާޒު މި ސަރުކާރުން އަނބުރާލުމުން ކަމަށެވެ. އެގޮތުން ފުށިދިއްގަރުފަޅު މަޝްރޫޢު އިފްތިތާހުކޮށް އޭރު އެމްޑީޕީ ސަރުކާރުން ގޯތި ދޫކުރުމަށް ކުރަމުން އައި މަސައްކަތް އަދުގެ ސަރުކާރުން ހުއްޓުވާލާފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ގޯތިތައް ދޫކުރުމުގެ ކަންކަން ކުރަމުންދިޔައިރުވެސް މި ސަރުކާރުގައި ތިބި ފަރާތްތަކުގެ މަސައްކަތަކަށްވީ ދޫކުރަމުން އައި ގޯތިތަކުގެ މަސައްކަތް އޭސީސީ މެދުވެރިކޮށާއި އެނޫންވެސް ގޮތްގޮތުން ހުއްޓުވާލުންކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ވަޑައިގަތް މި މައުލޫގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްގޯތިތައް ދޫކޮށްފައިހުރީމަގުތަކަށް އަރާގޮތަށާއި، ކުންފުނިތަކުން މަސައްކަތްކުރުމަށް އެއްޗެހިތައް ބަހައްޓާފައިހުރި ސަރަހައްދުން ކަމަށެވެ.

ގޯތިތައް ދޫކުރިއިރު، ކަނޑުންނާއި ފަޅުންވެސް ގޯތި ދޫކޮށްފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ފަޅުން އެކަނިވެސް 700 އާ ގާތްކުރާ އަދަދަކަށް ގޯތި ދޫކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އެއީ ގޯތީގެ ގޮތުގައި ނުބެލެވޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.