އިންޑިއާ ރައީސާ ޑްރޫޕަދީ މުރުމޫއަށް، ޓިމޯރލެސްޓޭއިން އަރުވާ އެންމެ މަތީ މަދަނީ ޝަރަފު އެރުވުން
ދުނިޔެ
13 Aug 2024 | 19:38
އިންޑިއާގެ ރައީސަށް ފިޖީއާއި ޓިމޯލެސްޓޭގެ މަތީ ޝަރަފުތަކެއް

އިންޑިއާ ރައީސާ ޑްރޫޕަދީ މުރުމޫއަށް، ޓިމޯރލެސްޓޭއިން އަރުވާ އެންމެ މަތީ މަދަނީ ޝަރަފުކަމަށްވާ ކަމަށްވާ އޯޑަރ އޮފް ޓިމޯރ ލެސްޓޭ ގްރޭންޑް ކޮލާރ އެވޯޑް ހޮނިހިރު ދުވަހު އަރުވައިފިއެވެ.

އިންޑިއާގެ ރިޔާސީ ގެކޮޅު ރަޝްތްރަޕަތީ ބަވަން އިން ބުނީ އެކަމަނާއަށް މި ޝަރަފު އެރުވީ އެކަމަނާގެ އިޖްތިމާޢީ ހިދުމަތާއި ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްޕުޅާއި، ހޯއްދެވި ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ކަމަށެވެ.

މި ޝަރަފު ލިބިވަޑައިގަތުމާ ގުޅިގެން ރައީސާ މުރުމޫ ވިދާޅުވީ މި ޝަރަފަކީ އިންޑިއާ އާއި ޓިމޯރ ލެސްޓޭއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ރަމްޒެއް ކަމަށެވެ.

އިންޑިއާގެ ރައީސްގެ ދަތުރުފުޅުގެ މުހިއްމުކަން އެގައުމުން ބަލައިގަންކަމުގެ ރަމްޒެއްގެ ގޮތުން އެކަމަނާއަށް އެއާޕޯޓުން މަރުޙަބާ ވިދާޅޫވީ ސީދާ ރައީސް ހޯސޭ ރާމޯސް-ހޯޓާ އެވެ.

މުރުމޫ ޓިމޯރ ލެސްޓޭއަށް ވަޑައިގެންނެވީ، ފިޖީ އާއި ނިއުޒީލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ. ފިޖީގައި އޭނާއަށް ވަނީ ފިޖީގެ އެންމެ މަތީ މަދަނީ އެވޯޑް 'ކޮމްޕެނިއަން އޮފް ދަ އޯޑަރ އޮފް ފިޖީ' އަރުވާފައެވެ.

ރައީސް މުރުމު ވިދާޅުވީ އެއީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދައްކުވައިދޭ ޝަރަފެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.