ރައީސް ޑރ.މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Aug 2024 | 13:22
ރާއްޖެއަކީ އަގުހުރި ރަހުމަތްތެރިއެއް، ރައްޔިތުންގެ މަންފާއަށް ދެގައުމުން މަސައްކަތް ކުރާނެ: މޯދީ

ރާއްޖެ އަކީ އިންޑިއާގެ އަގުހުރި ރަހުމަތްތެރިއެއް ކަމަށާއި، ރައްޔިތުންގެ މަންފާއަށް ދެގައުމުން ވެސް މަސައްކަތްކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ، އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޝުކުރު އަދާކުރައްވަމުންނެވެ.

އެ މުނާސަބަތާއި ގުޅިގެން އިންޑިޔާގެ ރައީސް ދްރައުޕަދީ މުރުމު އަދި މޯދީ އަށް މަރުހަބާ ދަންނަވަމުން ރައީސް ޑރ.މުޢިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަކީ ދުވަސްވީ ގުޅުމެއް ކަމަށާއި، މި ގުޅުން ވަނީ ރާއްޖެއާއި މުޅި ސަރަޙައްދުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކޮށްދޭ ގުޅުމަކަށް ވެފައި ކަމަށެވެ.

ކުރިއަށް އޮތްތަނަށް ބަލާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް މި ބަދަހި ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމަށް ވެސް ފައިދާ ކުރާނެ ކަމަށާއި، ދެ ޤައުމުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، މޯދީ އެކްގައި ކުރެއްވި ޕޯސްޓްގައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވީތީ ރައީސް ޑރ.މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެ އަކީ އަގުހުރި ރަހުމަތްތެރިޔެއް ކަމަށް އިންޑިއާއިން ދެކޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއިއެކު، މޯދީ ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއިން ވެސް ދެގައުމުގެ ރައްޔިތުންގެ މަންފާ އަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އިންޑިއާގެ މިނިވަންދުވަހަކީ 1947 ވަނަ އަހަރުގެ އޮގަސްޓްމަހު އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުން އެޤައުމަށް މިނިވަންކަން ލިބުނު ދުވަހެވެ. އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ 15 ވަނަ ދުވަސް ފާހަގަކުރާއިރު، އެޤައުމުގެ މިނިވަންކުރެއްވި ބާނީ އަކީ މަހަތުމާ ގާންދީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.