ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު -- ފޮޓޯ/ މަޖިލިސް
ހަބަރު
19 Aug 2024 | 10:36
ލޭނު މަސްވެރިކަމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރަން ހުއްދަ ދިނުމާ ގުޅޭ ގަވާއިދެއް ފިޝަރީސް މިނިސްޓްރީން ހަދައި، އެ ގަވާއިދަށް ޚިޔާލު ހޯދަން ހުޅުވާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލަ، މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. 

މައުރޫފްގެ، މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި ސަރުކާރަށް ނިސްބަތްވާ 47 މެންބަރުން ވަނީ މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދޭ އެއް މެންބަރަކު އިންނެވިއެވެ.

އެއާ އެކު އެ މައްސަލަ ވަނީ މަޖިލިސް ތަޅުމުން ބޭރުކޮށްލާފައެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގައި ލޭނު މަސްވެރިކަންކުރުން ހުއްދަކުރަން އުޅުނު ކަމަށާ، ނަމަވެސް، އެކަން ތަންފީޒުކޮށްފައި ނުވަނީ އެކަމުން ލިބޭ ގެއްލުމުގެ ސަބަބުންކަމަށެވެ.

އެގޮތުން، އެކަމަށް ހުއްދަ ދީފިނަމަ ކަނޑުގެ ދިރުންތައް ނެތިދިއުމަށް މަގުފަހިވާނެ ކަމަށާއި، މަސްވެރިކަމުގެ އަމާޒަކަށް ނުވާ އަދި ނެތި ދިއުމުގެ ބިރު އޮތް ދިރުންތަކެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެދާނެ ކަމަށްވެ.

މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ތަފާތު އެކި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށާ އަދި ވަކިން ޚާއްސަކޮށް މި ގައުމުގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުން ބޮޑެތި އަސަރުތަކެއް ކުރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ބޮޑުކަންނެލި ލޭނު މަސްވެރިކަން އަލުން ކުރަން ހުއްދަ ދެވިއްޖެނަމަ، ކުރިމަތިވެދާނެ ގެއްލުންތަކާއި އޭގެ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަސްވެރިންނާއި ފަތުރުވެރިކަމާ ގުޅޭ ފަރާތްތަކާއި އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ވަކާލާތުކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކުގެ އާމްދަނީއަށް ކުރާނެ ނޭދެވޭ އަސަރާއި މެދު ވިސްނުން މުހިންމުކަމަށް މައުރޫފް ވިދާޅުވިއެވެ.

ހަމަ އެހެންމެ، ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމުގެ ސަބަބުން، އެ ކޯޓާގެ ކަޅު ބާޒރެއް ނުސީދާ ގޮތުން އުފެދިގެން ދިއުމަށް މަގުފަހިވާނެކަމެއްކަމަށާ މިކަމުގެ ސަބަބުން މަސްވެރިކަމުގެ މާކެޓު މޮނޮޕޮލައިޒް ކުރުމުގެ ބިރުވެސް އިންތިހާއަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާހިރުގައި މިކަމުގެ މާލީ ގެއްލުން ތަހައްމަލުކޮށް، މަސައްކަތުގެ ހަމަ އަގު ނުލިބި ތިބެން ޖެހޭނީ ދިވެހި އާންމު ބޮޑު ކަންނެލި މަސްވެރިން. ބޮޑު ކަންނެލި ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެއްޓާއި، ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ދިގު ރާސްތާގައި ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރާނެކަމުގައި ދެކެން.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

އެހެންކަމުން، ސަރުކާރުގެ މި ނިންމުން މުރާޖައާކޮށް، ލޭނު މަސްވެރިކަމުގެ ހުއްދަ ދޫކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ވަނީ އޭނާ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.