މެމްބަރު އިބްރާހީމް މުހައްމަދު
ހަބަރު
20 Aug 2024 | 10:30
ކަންކަމަށް ދަހިވެތި ވުމުގެ ސަބަބުން ސްކޭމް ތަކުގައި ޖެހޭ މީހުންނަށްވެސް ޕެނަލްޓީއެއް އޮންނަންޖެހޭ: އިބްރާޙީމް

ކަންކަމަށް ދަހިވެތި ވުމުގެ ސަބަބުން، އެކިއެކި ސްކޭމް ތަކުގައި ޖެހޭ މީހުންނަށްވެސް އަދަބެއް ދެވެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު ( އިއްބެ ޖަނާބު ) ވިދާޅުވެއްޖެއެވެ. 

ސްކޭމްތަކުން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓްތައް ކޯޓު އަމުރެއް ނެތި ފްރީޒް ކުރަން އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ އަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ، މީހުންގެ ފޮޓޯ ފޮނުވައި ވަކި ލިންކަކަށް ފިތުމަށް އެދިގެންނާއި، އެކިއެކި އިނާމްތަކާއި އެނޫންވެސް އެއްޗެއް ލިބޭނެ ކަމަށް ބުނެ، މީހުން ސްކޭމްތަކުގައި ޖައްސަމުންދާކަން ފާހަގަކުރައްވާފައެވެ.

އެކަން ފާހަގަކުރައްވައި، އިއްބެ ވަނީ، ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް އިސްލާހު ގެނެވޭއިރު، ކަންކަމަށް ދަހިވެތިވެ ނާޖާއިޒް ގޮތުގައި ފައިސާ ހޯދަން ބޭނުން ވުމުގެ ސަބަބުން، ސްކޭމް ތަކުގައި ޖެހޭ މީހުންނަށްވެސް އަދަބެއް ގާނޫނުން ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ދެންމެ އިއްޒަތްތެރި މެންބަރަކު ފާހަގަ ކުރައްވައިފި ރައްޔިތުންގެ ތެރޭގައި ސްކޭމްގައިޖެހޭ ވަރަށް ގިނަ މީހުން ތިބި ކަމަށް. އެހެން ކަމަށް ވާނަމަ ސްކޭމްގައި ޖެހޭ މީހުން މި ޖެހެނީ ދަހިވެތިކަމުގެ ސަބަބުން. ދަހިވެތިކަމުގެ އިންތިހާއަކީ މީހާ ނުބައި ނަތީޖާތަކެއްގެ ތެރެއަށް ވައްޓާލާ ކަމެއް. އެހެންްކަމުން، ގިނަ ފައިދާ، ނުވަތަ ނާޖާއިސް ގޮތުގައި ފައިސާ ހޯދަން ބޭނުންވެގެން އެކިއެކި ޕްރޮގްރާމް ތަކަށް ވަންނަން ބޭނުންވާ މީހުންނަށްވެސް އަަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަހަލަ ޕެނަލްޓީއެއް އޮންނަންޖެހޭނެ ހެން

މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު ( އިއްބެ ޖަނާބު ) 

އަދި އެފަދައިން އަދަބު ކަނޑައެޅުމަކީ، ރައްޔިތުން ޒިންމާދާރު ކުރެވޭނެ ގޮތެއް  ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ޕަޓޭ
ރާއްޖޭގެ ވެރިކަމައް ދަހިވެތިވެގެން ހުރިހާ ރައްޔިތުންނައް އޮޅުވާލީ ޅިޔަންބެ
20 Aug 2024
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ