ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
20 Aug 2024 | 14:01
ފަލަސްތީނުގެ ރައީސް ޣައްޒާއަށް ޒިޔާރަތްކުރުމުގެ ހުއްދަދިނުމަށް އެދި އިސްރާއީލަށް ހުށަހަޅައިފި

ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް ޣައްޒާއަށް ޒިޔާރަތްކުރުމުގެ ހުއްދަދިނުމަށް އެދި އިސްރާއީލަށް ހުށަހަޅައިފިއެވެ.

މިގޮތުން ފަލަސްތީނުގެ ސަރުކާރުން ވަނީ މި ހުއްދަ ދިނުމަށް އެދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ސިޓީއެއް ފޮނުއްވާފައެވެ.

ޢައްބާސް އާއި އެބޭފުޅާގެ ސަރުކާރުގެ އިސްވަފުދެއް ޣައްޒާއަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ތުރުކީގެ ޕާލިމެންޓުގައި ޢައްބާސް ދެއްވި ތަޤުރޫރުގެ ތެރެއިންނެވެ.

ޢައްބާސް ޣައްޒާއަށް ވަޑައިގަންނަވާނެ ސީދާ ތާރީހެއް މިހާތަނަށް ހާމަވެފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި، އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން އައްބާސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުން އެ ތާރީހު ކަނޑައެޅިގެންދާނެ އެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ ޢައްބާސް ވިދާޅުވިގޮތުގައި ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ރައްޔިތުންނާއިއެކު ތިބިކަން ހާމަކޮށްދިނުމެވެ.

މީގެ އިތުރުންވެސް، ފަލަސްޠީނު ދައުލަތާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ހުރިހާ ފަލަސްޠީނު ސަރަޙައްދުތަކެއްގެ ފުރިހަމަ ޒިންމާ އުފުލާކަން ކަށަވަރުކޮށްދިނުމާއި، ޤައުމީ އެއްބައިވަންތަކަން އަލުން ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ ވެސް މި ޒިޔާރަތުގެ މަޤްސަދެއްކަމަށް ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ޒިޔާރަތަށް ތައްޔާރުވުމުގެ ގޮތުން، ޕެލެސްޓީނިއަން ލީޑަރޝިޕުން ދުނިޔޭގެ މުހިންމު ބާރުތަކުގެ ތެރެއިން އދ، އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުން، އަރަބި އަދި އިސްލާމީ ޤައުމުތައް، އަރަބު ލީގު، އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން (އޯއައިސީ)، ޔޫރަޕިއަން ޔޫނިއަން، އަދި އެފްރިކާ ޔޫނިއަން ފަދަ ފަރާތްތަކާއި އެކުވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ