މިއީ މި ދެގައުމުގެ ވިޔަފާރީގެ މަޝްވަރާތަކުގެ 10 ވަނަ ބުރު --
ދުނިޔެ
26 Aug 2024 | 23:34
އިންޑިއާ-އޮސްޓްރޭލިއާ ވިޔަފާރީގެ މަޝްވަރާތަކުގެ އިތުރު ބުރެއް ނިންމާލައިފި

އިންޑިއާއާއި އޮސްޓްރޭލިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބާއްވަމުން އަންނަ ކޮމްޕްރިހެންސިވް އިކޮނޮމިކް ކޯޕަރޭޝަން އެގްރީމެންޓްގެ މަޝްވަރާތަކުގެ 10 ވަނަ ބުރު ނިންމާލައިފިއެވެ.

ނިމިދިޔަ ހަފްތާގައި އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި މަޝްވަރާތަކުގައި އެކި ދާއިރާތަކުން ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ދިޔައެވެ. އެގޮތުން ދެޤައުމުގެ ސަރުކާރަށް ތަކެތި ޕްރޮކިއަރ ކުރުމާއި ބެހޭ ގޮތުންނާއި، ޓެކްނޮލޮޖީއާ ރައްޓެހި ދަނޑުވެރިކަމާއި، އެނޫންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އިންޑިއާ ސަރުކާރުން ބުނީ ދެޤައުމުން ހުށަހެޅި ކަންކަމާއިމެދު މަޝްވަރާކޮށް، ދެފަރާތް އެއްބަސްވާ މިސްރާބަކަށް ކަންކަން ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާކުރިއިރު، ދެޤައުމުންވެސް އެ ދެޤައުމުގެ އެތެރޭގެ ޙާލަތަށް ރިއާޔަތްކުރިއެވެ. އެގޮތުން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ އެތެރޭގެ ވިޔަފާރިއާއި ސިޔާސަތުތަކަށް އައިސްދާނެ ބަދަލުތަކަށް ރިއާޔަތްކުރިކަމަށްވެސް އިންޑިއާއިން ބުނެއެވެ.

މި މަޝްވަރާތަކުގެ އެންމެ ފަހު ބުރު ބާއްވާފައިވަނީ އިންޑިއާގެ ދިއްލީގައި މިދިޔަ ޖޫން މަހުއެވެ. ޖޫން މަހުގެ މަޝްވަރާތަކަށްފަހު، މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާތަކަށް މަޝްވަރާ މޭޒުދޮށަށް އައުމުގެ ކުރިން ދެޤައުމުގެ އޮފިޝަލުން މޭޒަށް ގެންނާނެ މައްސަލަތައް ފައިނަލްކުރުމަށް އިތުރު 2 ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އަންނަ އަހަރުގެ މެއި މަހު އޮސްޓްރޭލިއާގެ އާއްމު އިންތިޚާބު އޮންނައިރު، އެޤައުމުން ބޭނުންވަނީ އިންތިޚާބުގެ ކުރިން، މިއަހަރުގެ ނިޔަލަށް މި މަޝްވަރާތައް ނިންމާލައި، އެއްބަސްވުމަކަށް އައުމަށްކަމަށް މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

އިންޑިއާއާ އޮސްޓްރޭލިއާ އާ ދެމެދު ވިޔަފާރީގެ އައު މަޝްވަރާތަކެއް ފެށިފައިވަނީ 2022 ވަނަ އަހަރު ދެޤައުމުގެ މެދުގައި ސޮއިކުރެވުނު އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޓްރޭޑް އެގްރިމެންޓްގެ ދަށުންނެވެ. އެގޮތުން މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.