ވިލާ ކޮލެޖުގެ ފުރަތަމަ ފުލްބްރައިޓް ސްކޯލާ އަދި އެސޯސިއޭޓް ޕްރޮފެސާ ޑރ. ޗާލްސް ވެނޯވާއަށް ރަސްމީކޮށް މަރުހަބާ ކިޔުން: ފޮޓޯ/ ވިލާ ކޮލެޖު
ހަބަރު
27 Aug 2024 | 18:15
ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ ޕްރޮފެސަރަށް ހޫނު މަރުހަބާއެއް

ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޯލާ އަދި އެސޯސިއޭޓް ޕްރޮފެސާ ޑރ. ޗާލްސް ވެނޯވާއަށް ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑރ. ޗާލްސް ވެނޯވަރއަށް މަރުހަބާ ދެންނެވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އިސްބޭފުޅުންނާއި އަދި ޔޫއެސް މިޝަން ޓު ދި މޯލްޑިވްސްގެ ފަރާތުން ޑެޕިއުޓީ ޗީފް އޮފް މިޝަން އަނަންދް ކްރިޝްނާ، ޕަބްލިކް އެފެއާޒް އޮފިސާ ޝެރިލް ނީލީ އަދި ޕަބްލިކް އެންގޭޖްމަންޓް ސްޕެޝަލިސްޓް އާމިނަތު ޝިޒްލީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު (ޔޫރަޕް، އެމެރިކާސް އަދި އޯޝަނިއާ ޑިޕާޓްމަންޓް) އާއި އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ޒެއިނާ އަބްދުالله ސައީދު (ޔޫރަޕް، އެމެރިކާސް އަދި އޯޝަނިއާ ޑިޕާޓްމަންޓް) ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި އެމެރިކާ މިޝަން ތަމްސީލުކުރައްވާ ޑެޕިއުޓީ ޗީފް އާނަންދް ކްރިޝްނާ ވާހަކަފުޅު ދައްކަވަމުން، ވިލާ ކޮލެޖުން ދެއްވި ދައުވަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި ޕާޓްނަރޝިޕްތަކާ ބެހޭގޮތުން ވެސް ވާހަކަދެއްކެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޗާލްސް ވެނޯވަރ ވިދާޅުވީ، އިލްމާއި އައު އީޖާދުތައް ކުރިއެރުވުމުގައި ދިރާސާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ދިރާސާތަކުގެ ނަތީޖާތައް ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު، ޑރ. ޗާލްސް ވެނޯވަރއަށް ވިލާ ކޮލެޖުގެ އެޖަންކްޓް އެސޯސިއޭޓް ޕްރޮފެސަރގެ މަޤާމު ދެއްވައި، އެކަމުގެ ސިޓީ ހަވާލުކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. ޗާލްސް ވެނޯވާއަށް ވިލާކޮލެޖުގެ އެޖަންކްޓް އެސޯސިއޭޓް ޕްރޮފެސާގެ މަގާމު ދެއްވުން ވެސް އޮތެވެ. މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޑރ. އަލީ ނަޖީބު އެވެ.

އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޗާރލްސް ވެނޯވާއަކީ އެމެރިކާގެ ސަރުކާރުން ހިންގާ ފުލްބްރައިޓް ސްކޯލާޝިޕް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއީ އެ ޕްރޮގްރާމް ގެ ދަށުން ވިލާ ކޮލެޖަށް ބޭފުޅަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

ޑރ. ޗާލްސް ވިލާ ކޮޖެގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކުރައްވާނެ އެވެ. އެމަނިކުފާނުގެ މަސައްކަތް ހާއްސަ ކުރައްވާނީ ރިސާޗް، ކަރިކިއުލަމް އަދި ޕެޑަގޮޖީގެ ދާއިރާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.