ވަޅިން ބިރުދެއްކި މީހާ ފުލުހުން ހައްޔަރުކުރުމުގެ ތެރެއިން....
29 Aug 2024 | 21:57
ވަޅިއަކުން މިރޭ އަންހެނަކަށް ބިރުދެއްކި މީހާ ފުލުހުން ހައްޔަރުކޮށްފި

ވަޅިއަކުން މިރޭ އަންހެނަކަށް ބިރުދައްކައި ރަހީނުކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާފަންނު ގެއެއްގައެވެ. މިކަމެއް ހިނގީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އަންހެންމީހާ ކަރުގައި ފިރިހެނަކު ވަޅިޖައްސައިގެން ހުރިއިރު، އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުން އެކި ގޮތްގޮތުން އެ ފިރިހެންމީހާ އާ ވާހަކަދައްކާކަން އެނގެއެވެ. އޭއެމްޑީސީ ސަރަހައްދުގައި ހިނގާދިޔަ މި ހާދިސާގައި ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ، އަންހެންމީހާ ރަހީނުކޮށް ހިފަހައްޓައިގެން އުޅޭތާ ވަގުތު ތަކަކަށް ފަހުއެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، މިއީ ކިހިނެތްވެގެން ހިނގައިގެން އުޅޭ ކަމެއްކަން އަދި ސާފެއް ނުވެއެވެ. އެގޮތުން މި އަންހެން މީހާ އާއި ފިރިހެން މީހާ އާ ދެމެދު އޮންނަނީ ކިހާވަރެއްގެ ގުޅުމެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ. 

ފުލުހުން ބުނީ މިކަން ހިނގި ސަބަބު ބަލަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭގޮތުން ފަހުން ވާހަކަދައްކާނޭ ކަމަށެވެ.

ރާއްޖޭގެ މި މުޖުތަމައުގައި ލޭގެ ގުޅުން އޮންނަ މީހުންގެ މެދުގައިވެސް ޖެހޭ އެކި ކަހަލަ މައްސަލަތަކުގައި މިހާލަތަށް ގޮސް އެއްބަޔަކު އަނެއްބަޔަކާ ދެމެދު މާރާމާރީ ހިންގާ ލޭ އޮހޮރުވާލާފައި އެބަހުއްޓެވެ. މީގެ މައްސަލަތައް ގިނައިން ޖެހެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. 

އެޑިޓަރުގެ ނޯޓް
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ނަމަވެސް، މި ލިޔުމުގެ ތެރޭގައި އެ ވީޑިއޯ ހިމަނާފައިނުވަނީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބުނާ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ބަޔާންކޮށްފައިވާ މާއްދާގެ ދަށުންނެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.