ޣައްޒާގައި ޕޯލިއޯ ބަލި ޖެހުނު ފުރަތަމަ ކުއްޖާ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
31 Aug 2024 | 11:12
ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރު ކޮށްދިނުމަށްޓަކައި ގަތުލުއާއްމު މެދުކަނޑާލާނެ: ޑަބްލިއުއެޗްއޯ

ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމަށްޓަކައި، ޔަހޫދީ ސިފައިން ހިންގަމުންގެންދާ ގަތުލު އާއްމުތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ. 

ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލެއް ކަމުގައިވާ ރިކް ޕީޕަރކޯން ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް 640،000 ކުދިންނަށް ވެކްސިން ދިނުމުގެ މަގްސަދުގައި އާދިއްތަ ދުވަހު ކެމްޕޭނެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކެމްޕޭން ކުރިއަށްދާނީ ތިން މަރުޙަލާއަކަށް ބަހާލައިގެން، ޣައްޒާގެ މެދު، ދެކުނު އަދި އުތުރު ސަރަޙައްދުތަކުގައެވެ. އޮފިޝަލް ވިދާޅުވީ، ކޮންމެ މަރުޙަލާއެއްގައިވެސް، ވިދިވިދިގެން ތިން ދުވަހު، ރޭގަނޑު 6:00 އިން މެންދުރުފަހު 3:00 އާއި ހަމައަށް ޣައްޒާގައި ޔަހޫދީން ހިންގާ އުދުވާން ހުއްޓާލާނެ ކަމަށް އެމީހުން އެއްބަސްވެފައިވާކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ވެކްސިންދީ ނުނިމިއްޖެނަމަ، އިތުރު ދުވަހެއްގައި ވެކްސިން ދިނުމަށްޓަކައި، ގަތުލުއާއްމު ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.

ޔަހޫދީން މިފަދައިން އަމަލުކުރާނެ ކަމަށް އެއްބަސްވެފައިވަނީ، 25 އަހަރު ފަހުން ޣައްޒާގައި ފެނުނު ފުރަތަމަ ޕޯލިއޯ ކޭސްގައި 10 މަސް ދުވަހުގެ ކުއްޖެއްގެ ހަށިގަނޑުގެ ބައެއް ވާގިނެތިފައިވާކަމަށް އދ. ގެ އޮފިޝަލުން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިހާރުވެސް ގާތްގަނޑަކަށް 1.26 މިލިއަން ޑޯޒް އައު އޯރަލް ޕޯލިއޯ ވެކްސިން ޓައިޕް 2 (އެން.އޯ.ޕީ.ވީ 2) ޣައްޒާއަށް ފޯރުކޮށްދެވިފައިވާ ކަމަށާއި، އިތުރު 400،000 ޑޯޒް އަވަހަށް ލިބޭނެ ކަމަށެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އދ. ގެ މުވައްޒަފުންނާއި ޣައްޒާގެ ސިއްޙީ މަސައްކަތްތެރިން ގުޅިގެންނެވެ. ވެކްސިން ދިނުމަށްޓަކައި 2،000 އަށްވުރެ ގިނަ ސިއްޙީ އަދި މުޖުތަމަޢުގެ އައުޓްރީޗް މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ.

ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމަށްޓަކައި، ޔަހޫދީ ސިފައިން ހިންގަމުންގެންދާ ގަތުލު އާއްމުތައް މެދުކަނޑާލުމަށް ޔަހޫދީ ސިފައިން އެއްބަސްވިނަމަވެސް މިކަމުގައި ޔަހޫދީ ސިފައިންނަށް ފުރިހަމަ އިތުބާރު ނުކުރާނޭކަމަށް މެދުއިރުމަތީގެ ބައެއް މީޑިއާތަކާ ހަވާލާދީ އިންސާނިއްޔަތަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. ސަބަބަކީ މީގެ ކުރިންވެސް ކުރިއަށްގެންދިޔަ މިފަދަ ކެމްޕެއިންތަަކަށް ޔަހޫދީ ސިފައިން އޮޅިގެން ނަމަވެސް ހަމަލާދީފައިވާތީކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެވ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.