ޣައްޒާގެ ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ-- ފޮޓޯ: އޭޕީ
ދުނިޔެ
01 Sep 2024 | 10:37
ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދޭން ފަށައިފި

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕޯލިއޯ ވެކްސިން ދޭން ފަށައިފިއެވެ.

ޑަބްލިއުއެޗްއޯއިން ޕޯލިއޯ ވެކްސިން ދޭން ފަށާފައިމިވަނީ، މި ކެމްޕޭނަށްޓަކައި ގަތުލުއާއްމު ހުއްޓާލުމަށް ޔަހޫދީން އެއްބަސްވި މުއްދަތަށް ވުރެ 1 ދުވަސް ކުރިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރެއެވެ.

އެސޯސިއޭޓެޑް ޕްރެސް އެޖެންސީން ރިޕޯޓް ކުރާ ގޮތުގައި، މި ވެކްސިންގެ ޑޯޒްތައް ޚާން ޔޫނިސް ގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި އިއްޔެ ވަނީ ދޭން ފަށާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވެކްސިން ދިނުމުގެ ކެމްޕޭނުގެ އަމާޒަކީ 640،000 ވަރަކަށް ފަލަސްތީނު ކުދިންނަށް ވެކްސިން ދިނުމެވެ.

މި ކެމްޕޭން ކުރިއަށްދާނީ ތިން މަރުޙަލާއަކަށް ބަހާލައިގެން، ޣައްޒާގެ މެދު، ދެކުނު އަދި އުތުރު ސަރަޙައްދުތަކުގައެވެ. މިކަމާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ މަރުޙަލާއެއްގައިވެސް، ވިދިވިދިގެން ތިން ދުވަހު، ރޭގަނޑު 6:00 އިން މެންދުރުފަހު 3:00 އާއި ހަމައަށް ޣައްޒާގައި ޔަހޫދީން ހިންގާ އުދުވާން ހުއްޓާލާނެ ކަމަށް އެމީހުން އެއްބަސްވެފައިވާކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ވެކްސިން ދީ ނުނިމިއްޖެނަމަ، އިތުރު ދުވަހެއްގައި ވެކްސިން ދިނުމަށްޓަކައި، ގަތުލުއާއްމު ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.

ޔަހޫދީން މިފަދައިން އަމަލުކުރާނެ ކަމަށް އެއްބަސްވެފައިވަނީ، 25 އަހަރު ފަހުން ޣައްޒާގައި ފެނުނު ފުރަތަމަ ޕޯލިއޯ ކޭސްގައި 10 މަސް ދުވަހުގެ ކުއްޖެއްގެ ހަށިގަނޑުގެ ބައެއް ވާގިނެތިފައިވާކަމަށް އދ. ގެ އޮފިޝަލުން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.