ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު-- ފޮޓޯ: ޕޮލިސް
ހަބަރު
01 Sep 2024 | 12:38
ވަޅިން ބިރުދެއްކި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި: ސީޕީ

ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ބިރުދެއްކި ހާދިސާގައި، އަންހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިފަދައިން ޝުޖާއު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝުޖާއު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން ވިކްޓިމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރުކަމަށެވެ.

ހަމައެއާއިއެކު، ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާކަމަށް ބުނާ އަންހެން މީހާއަށް ވަޅިން ބިރުދެއްކުމުގެ ކުރިން އެކި ފަހަރުމަތިން އަތުހަރު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ. އޭގެ ފަހުން އަތުހަރު ވަނީ އަންހެންމީހާއަށް ވަޅިން ބިރުދެއްކުމަށްފަހު ސައިކަލުގައި އޭނާ ދާން ބޭނުންވާ ތަނަށް ދިއުމަށް މަސައްކަތްކޮށްފައެވެ. އޭރުވެސް ފުލުހުން ދިޔައީ އަންހެންމީހާ ސަލާމަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ވަކި ހިސާބަކުން ފުލުހުން ވަނީ ހުށިޔާރުކަމާއެކު އަންހެންމީހާ ސަލާމަތްކޮށްފައެވެ. މިކަމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. އަތުހަރަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭޑީކޭއަށް ގެންގޮސްގެންނެވެ.

އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ ފަރުވާދިނުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔައީއެވެ. އޭގެ ފަހުން އޭނާ އައިޖީއެމްއެޗުން ދޫކޮށްލާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އަހުތަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އަތުހަރަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަތުހަރު ސަލާމަތްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އޭނާއަށް ރައީސް އަފްއާމް ދެއްވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.