ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Sep 2024 | 10:28
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އިންޑަސްޓްރީއެއްގެ ބޭފުޅުންގެ އަޑުއަހައިގެން ކަންކަން ބައްޓަންކުރުން: ރައީސް މުޢިއްޒު

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ކަމާބެހޭ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި މިއަދު ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމަކަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ، މުހިންމު ދެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމެކެވެ.

"އެ ބައްދަލުވުމަށް އެ ޔޫނިއަންގެ ވަރަށް އިސް ބޭފުޅުން އެބ ވަޑައިގަންނަވާ. އަޅުގަނޑު ވަރަށް ލޫކު ފޯވާޑް ކުރަން އެ ބައްދަލުވުމަށް. ބޮޑު ކަންނެލީގެ މށްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ ސިޔާސަތަކީ އެ ކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށް ދިއުން،“ ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކަށްވާނީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް އެ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ ބޭފުޅުންގެ އަޑުއަހައިގެން ކަންތައްތައް ބައްޓަންކުރުން،"

ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދެވަނަ ބައްދަލުވުމުގައި ބައިވެރިވާނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ އެކިއެކި އެސޯސިއޭޝަންތަކާއި ކަމަަށެވެ. އެގޮތުން، ފަހި ޔޫނިއަން، ގިރާވަރު، މާލޭ ސިޓިޒަންސް އެސޯސިއޭޝަން، އަދި، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަންގެ ބޭފުޅުންނާ ވެސް މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ޔޫނިއަން ތަކުގެ ބޭފުޅުން ބޭނުންވާ ވަރަކަށް ވާހަކަދައްކައި، ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

"މި ހުރިހާ ޖަމިއްޔާތަކަކީ މި ހުރިހާ ކޮމިޓީތަކަކީ ވަރަށް ގިނަ ރައްޔިތުން ރެޕްރެޒެންޓް ކުރާ ބައެއް. އެހެންވީމާ އެ ބޭފުޅުންނާ ބައްދަލުވުމުން ވަރަށް ގިނަ ކަންކަން އެނގިގެންދާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު، ދާދިފަހުން ލޭނު އެޅުމަށް ހުޅުވާލަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ބޮޑު ކަންނެލީ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކުރުމުން އެ ނިންމުމަށް އަމަލު ނުކުރައްވަނަ ރައީސް ނިންމެވިކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.