އަތުހަރު--
ހަބަރު
02 Sep 2024 | 11:02
އަތުހަރު ދޫނިދޫ ޖަލުން އައިޖީއެމްއެޗަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓު: ފުލުހުން

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އޭނާ ބަހައްޓާފައިހުރި ދޫނިދޫ ޖަލުން އައިޖީއެމްއެޗް ހޮސްޕިޓަލާއި ހަމައަށް ގެންދިޔުމަށް ހޭދަވީ 23 މިނެޓްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ކ. ދޫނިދޫގައި އަތުހަރު ހުއްޓާ އޭނާ ދަންޖެހިގެން މަރުވާން މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ. އެއާއިއެކު، އޭނާ އަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން އާއްމުކޮށްފައިވާ ޓައިމްލައިނުގައިވާގޮތުން:

* އަތުހަރު ދަންޖެހިފައިވާ މަންޒަރު ފެނުން - 19:02 

* ޖަލު ގޮޅު ހުޅުވައި އަތުހަރު ބިންމަތީގައި ބޭއްވުން - 19:02

* އަތުހަރު ސްޓްރެޗަރ އަށް ލައިގެން ގޮޅިން ނެރުން - 19:05

* ދޫނިދޫ ކްލިނިކަށް ގެންދިޔުން އަދި ޑޮކްޓަރު އަތުހަރުގެ ހާލަތު ބެލުން - 19:06

* އަތުހަރު އެމަޖެންސީގައި ލޯންޗުގައި މާލެ ގެންދިއުން - 19:14

* އައިޖީއެމްއެޗްއަށް ގެންދިޔުމަށް އެމްބިއުލަންސަށް އެރުވުން - 19:17

* އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުން - 19:25

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަކިވަކިން ތަޙުޤީޤު ފަށައިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާކަމަށް ބުނާ އަންހެން މީހާއަށް ވަޅިން ބިރުދެއްކުމުގެ ކުރިން އެކި ފަހަރުމަތިން އަތުހަރު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ. އޭގެ ފަހުން އަތުހަރު ވަނީ އަންހެންމީހާއަށް ވަޅިން ބިރުދެއްކުމަށްފަހު ސައިކަލުގައި އޭނާ ދާން ބޭނުންވާ ތަނަށް ދިއުމަށް މަސައްކަތްކޮށްފައެވެ. އޭރުވެސް ފުލުހުން ދިޔައީ އަންހެންމީހާ ސަލާމަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ވަކި ހިސާބަކުން ފުލުހުން ވަނީ ހުށިޔާރުކަމާއެކު އަންހެންމީހާ ސަލާމަތްކޮށްފައެވެ. މިކަމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. އަތުހަރަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭޑީކޭއަށް ގެންގޮސްގެންނެވެ.

އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ ފަރުވާދިނުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔައީއެވެ. މި ހާދިސާގައި އަންހެންމީހާ ރަހީނުކުރި އަތުހަރަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަތުހަރު ސަލާމަތްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އޭނާއަށް ރައީސް އަފްއާމް ދެއްވުމުންނެވެ.

ކޮމެންޓް
މަހްމޫދު
އަތުހަރު. އަކީ އެހާ މުހިންމު މީހެއްތަ؟ މީހުން މަރާ މީހުންނަށް ޑިމޮކްރަސީގެ ދަށުން ޙައްގު އަދަބު ދެވޭތަ؟
02 Sep 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ