މަސްދޯންޏެއްގައި މަސް ބާނަނީ
ހަބަރު
02 Sep 2024 | 17:28
މިވަގުތަށް މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ: މިފްކޯ

މާކެޓުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަންވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީނަމަވެސް، މިފްކޯއިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމުގައެވެ. އަދި މަހުގެ އަގު ބަދަލު ކުރިއިރު، މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުންދިޔަކަމުގައިވީނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އެގޮތުން ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ. 

ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %42 ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16ރ ގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާއިދެމެދުގެ އަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ. އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވެއެވެ. އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މިފްކޯއިން ބުނެއެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުނެއެވެ.

މަސްވެރީން އަތުން މަސް ގަތުމަށްފަހު ކިލޯއަކަށް އެވްރެޖުކޮށް 9 ރުފިޔާ ހަރަދުގެ ގޮތުގައި ހިިނގާއިރު، ބޭރުގެ އަގަށް ނުބަލައި ކުރިއަށްދާން ވެއްޖެނަމަ އެކުންފުންޏަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނަކަންވެސް އެކުންފުނިން ފާހަގަކުރެއެވެ. އެހެން ކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަމަށް އެކުންފުނިން ބުނެއެވެ.

އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސެސިންގ އަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިން ސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެކެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކަން މިހެން އޮތްއިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުންވާވަރަށް ބޮޑު އަގުގައި މަސްގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް މިފްކޯއަކަށް ނޯވެއެވެ.

މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަސް ކަމަށާ އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެއެވެ. 

މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ. މީގެ އިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް އެކުންފުނިން އަންނަނީ އަޅަމުންނެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
މަހުގެ އަގު ދަށް ކުރާނެ އުކުޅެއް ގެ ގޮތުގައި ރީތި ސުރުޚީއެއްގެނެސްދިނީދޯ
02 Sep 2024
ގުޅޭ ލިޔުންތައް
05 Jun 2026
ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރީންގެ ދެވަނަ ގުރޫޕް އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އަންނާނެ އެވެ.
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.