ބައިޑެން އާއި ނަތަންޔާހޫ-- ފޮޓޯ: އެންބީސީ ނިއުސް
ދުނިޔެ
03 Sep 2024 | 10:10
ގަތުލުއާއްމަށް އެހީވަމުން، ބައިޑެން ވިދާޅުވީ އެކަން ހުއްޓުވަން ނަތަންޔާހޫ މަސައްކަތް ނުކުރާ ކަމަށް!

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ގަތުލުއާއްމު ހުއްޓާލަން މަސައްކަތް ނުކުރާކަމަށް ބުނެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޑުވިދާޅުވެއްޖެއެވެ.

ޣައްޒާގެ ގަތުލުއާއްމު ހުއްޓުވުމާއި ގުޅޭ މަސައްކަތްތައް ކުރާ ފަރާތްތަކާއި ބައްދަލުކުރުމަށް ވައިޓް ހައުސް އަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ބައިޑެން ވިދާޅުވީ، މި އުދުވާންތައް ހުއްޓުވުމާއި އަސީރުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތުގެ އެއްބަސްވުމެއްގެ އެންމެ ފަހުގެ ޑްރާފްޓެއް ހުށަހެޅުމާ ކައިރިވެފައިވާ ކަމަށެވެ.

ޙަމާސް ޖަމާޢަތުގެ މުޖާހިދުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން މަރުވެފައިވާ ހަ މީހެއްގެ ހަށިގަނޑުގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ރައްޔިތަކުވެސް ފެނިފައިވާ ދަނޑިވަޅެއްގަައި، މި ބައްދަލުވުމުގެ ތެރެއިން، ނެތަންޔާހޫ އެއްބަސްވުމަކަށް އާދެވޭތޯ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދޭތޯ ސުވާލުކުރުމުން، ބައިޑެން ވަނީ އެފަދައިން ނަތަންޔާހޫ މަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް ބައިޑަން މި މޭރުމުން ވާހަކަދެއްކި ނަމަވެސް, އެ ކަމުގެ ތަފުސީލެއް ނުދެއެވެ.

ޢުދުވާންތައް ހުއްޓުމަކަށް ގެންނަން ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވި ނަމަވެސް, އެމީހުންނަކީ އިސްރާއީލަށް ހަތިޔާރާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެންމެ ގާތް ބައިވެރިޔާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ ހަމަލާތައް މެދުކަނޑާލާފައި ނުވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 40,786 މީހުން ޝަހީދުވެ 94,224 މީހުން ވަނީ ޒަހަމް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.