ކުރީގެ ރައީސް ޔާމީން-- ފޮޓޯ: ސަން
ހަބަރު
03 Sep 2024 | 13:10
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް ގެއްލުންވާ ކަމެއް ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭ: ރައީސް ޔާމީން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް ގެއްލުންވާ ކަމެއް ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނަކީ އަމަން ބެލެހެއްޓުމަށްޓަކައި ރައްޔިތުންނާ އެންމެ ގާތުން ގާނޫނު ތަންފީޒުކުރަން މަސައްކަތް ކުރާ ފަރާތް ކަމަށްވީ ނަމަވެސް، ފުލުހުންގެ ބައެއް އަމަލުތައް ހުންނަ ގޮތުން، އެ އަމަލުތަކުގައި ނުބައި ނިޔަތެއް ނެތަސް ވަރަށް ނުރައްކާތެރި ހާލަތްތައް ދިމާވާ ކަމަށެވެ.

އެގޮތުން، ރައީސް ޔާމީން ވިދާޅުވީ، އެސްއޯޕީގެ ބޭރުން ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަމާއި، ފުލުހުންގެބެލުމުގެ ދަށުގައި މީހަކު ހުއްޓާ، ގުދުރަތީ ގޮތުން މީހަކަށް ކަމެއް ދިމާވާ ސިއްހީ ނުރައްކާތެރިކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހާއަށް ގެއްލުންނުވާނެ ކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭ ކަމަށެވެ.

"އެސްއޯޕީގެ ބޭރުން ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަން ކަށަވަރުކޮށްދޭން އަދި ފުލުހުންގެ ކަސްޓަޑީގައި މީހަކު ހުއްޓާ ގުދުރަތީ ގޮތުން މީހަކަށް ކަމެއް ދިމާވާ ސިއްހީ ނުރައްކާތެރިކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހާއަށް ގެއްލުންވާ ޚާއްސަކޮށް މަރާ ހަމައަށް ދަތުރުކުރާ ކަންތައްތައް މިކަން ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭ،"

ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުން ކުރާ ކަންތައްތަކުގައި ނުބައި ނިޔަތެއް ނެތި ވެސް، ގޯސްކޮށް ކަމެއް ކުރެވިދާނެ ކަމަށާއި ކަމެއްގެ ނަތީޖާ ގޯސްވެއްޖެ ނަމަ، ޖިނާއީ ލައިބިލިޓީ ބޮލުގައި އަޅަން ޖެހޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގާދިޔަ އަންހެނަކު ރަހީނު ކުރުމުގެ ހާދިސާ އަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައިގައި ޝާމިލުވާ އަތުހަރު ހިންގަން އުޅުނީ ވަރަށް ނުބައި ޖަރީމާއެއް ކަމަށްވީ ނަމަވެސް، ކަންކަން ދިޔަގޮތުން އޭނާ ނިޔާވެފައިވާ ކަމަށެވެ.

އަތުހަރު ދޫނިދޫ ޖަލުގައި އަމިއްލަ އަށް މަރުވާން މަސައްކަތްކުރުމާއި ގުޅިގެން ހާލުދެރަވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ.

 އަތުހަރު މަރުވި ގޮތް ހޯދަން އޮޓޮޕްސީއެއް ހަދަން ފުލުހުން ނިންމާފައިވާއިރު، މިނިވަން މުއައްސަސާތަކުން ވެސް އަންނަނީ މިކަން ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.