ގައުމިއްޔަތުގެ އިސްވަރު އިފްތިތާޙް ކުރުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 Sep 2024 | 12:41
ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފި

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖު ”ދިވެހި ގައުމިއްޔަތުގެ އިސްވަރު“ އިފްތިތާހުކޮށްފިއެވެ.

ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވާފައިވަނީ ގައުމީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގަިއ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމުގެ މުހިއްމު އެއް ގުނަވަނެވެ.

މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާ އިފްތިތާޙްކޮށްފައެވެ.

ގައުމީ އިސްވަރު އެކުލެވިގެންވާ ދާއިރާތައް:

- ދިވެހި ބަސް

- ދިވެހި ތާރީޚް

- ދިވެހި ތަރިކަ

- ދިވެހި ސުމޭކު

- ދިވެހި ފަންނު

މީގެ އިތުރުން މި ކޮލެޖުގެ ކައުންސިލްގައި ހިމެނޭ ބޭފުޅުންނަށް، އިސްވާރުކަން ވެސް ވަނީ ހަވާލުކޮށްފައެވެ. މި ބޭފުޅުންނަށް އިސްވާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޤައުމިއްޔަތު ކޮލެޖުގެ އިސްވާރުން:

• ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީޤާ

• ދިވެހި ތާރީޚުގެ އިސްވާރު - (ކަށިމާ) އަޙްމަދު ޝާކިރު

• ދިވެހި ތަރިކައިގެ އިސްވާރު - ޙަސަން ޒަރީރު

• ދިވެހި ސުމޭކުގެ އިސްވާރު - މުޙައްމަދު ޢަބްދުލްޤާދިރު

• ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް ޢިޝާ ޢަޒީޒް

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެފައިވާ ގޮތުން، ޤައުމިއްޔަތުގެ ކޮލެޖުގައި އެންމެ ފުރަތަމަ މާއްދާއަކަށް ކިޔަވައިދޭނީ ދިވެހި ތާރީޚު ކަމަށާ އެހެން ކޮލެޖުތަކާ ޚިލާފަށް މި ކޮލެޖުގައި ތާރީޚު ކިޔަވައިދޭގޮތް ތަފާތުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.