ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮަޓޯ/ ރައީސް އޮފީސް
ހަބަރު
04 Sep 2024 | 10:53
މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ޙަޔާތުން މާތްކަން ދައްކަންޏާ: ރައީސް މުޢިއްޒު

މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ޙަޔާތުން އެ މީހުންގެ މާތްކަން ދައްކާނަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، މިއަދަކީ ދިވެހިން ބަހަށް އިސްކަންދޭން ފަށާ ދުވަހަކަށް ހެދުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހި ބަހުން މުޢާމަލާތްކޮށް ދިވެހި ޘަގާފަތް ދިރުވާއިރު، އެކަމުގައި އިސްލާމްދީނުގެ މިންތަކާއި އިންތަކަށް ފަޚްރުވެރިވުމަށް އެދުވަޑައިގެންފައެވެ. 

ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ޒަކާތް ދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް ޒަކާތު ހައުސް އުފެއްދީ އެހެންވެގެން. ދައުލަތުގެ ޚަރަދުގައި ހައްޖަށް ދިޔުމުގެ ފުރުސަތު ފަޤީރުންގެ މެދުގައި ހުޅުވާލީ އެހެންވެގެން.  ގުރުއާން ހިތުދަސް ހާފިޒުންގެ އަދަދު މުޅިރާއްޖޭގައި އިތުރުކުރުމަށް، ހާފިޒުކަމުގެ ޕްރޮގްރާން ފުޅާކުރަމުން މިދަނީވެސް މި ސަބަބަށް. ޒުވާން ޚަތީބުން އުފައްދަމުން، އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި، ތަމްރީނުދީ ތާޒާ ކުރަމުން، އިސްލާމީ ޔުނިވާސިޓީގެ ކޯސްތައް އަތޮޅުތެރެއަށް ފުޅާކުރަމުން މިދަނީވެސް މި މަތިވެރި މަގުސަދުގައި. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުންވެސް، އިސްލާމީ އުއްމަތުގެ ބޮޑެތި ޢިލްމުވެރިންގެ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވެމުންދަނީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދާއިމަށް ބޭއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު ރައީސް މުޢިއްޒު ވަނީ އިސްލާމްދީނުގައި މާތް އަޚްލާގަށް އިސްކަންދެވިފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. 

ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާއިރު، މިއީ އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ އެކަކު އަނެކަކަށް ހެޔޮބަހެއް ނޫނީ ނުބުނާށޭ. ބުނާނެ ހެޔޮބަހެއް ދުލަށް ނާތުވެއްޖެއްޔާ ހަނު ހުންނާށޭ. އިސްލާމްދީން ބުނަނީ ހެޔޮ ކަންކަމަށް އަމުރު ކުރާށޭ. ނުބައި ކަންކަން ނަހީކުރާށޭ. އިސްލާމްދީން ބުނަނީ ދުވަސްވީ މީހުންނަށް ގަދަރުކޮށް ލުޑަކުދިންނަށް ކަމޭހިތާށޭ. އިސްލާމްދީން ބުނަނީ އަމިއްލަ ނަފްސުގެ އަގު އުފުލައި، އަންހެނަކަސް ފިރިހެނަކަސް އިއްފަތްތެރިކަމާ އަދަބުވެރިކަމާއެކު ލަދުވެތިކަމުގެ ފޭރާމުން ޒީނަތްތެރިވާށޭ. ބަދުއަޚްލާގީ ލަދު ހުތުރު އާދަތަކުން ދުރުހެލިވާށޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ކަންމިހެން ހުރި ނަމަވެސް އަދުގެ މުޖުތަމަޢުއިން މިކަންކަން ނުފެންނަކަން ފާހަގަކުރައްވައި ރައީސް މުޢިއްޒުވަނީ ކީރިތި ގުރުއާނުން އެނގެނީ މުސްލިމުންނަކީ މާތް ބައެއްކަމަށާ، އެފަދަ މުސްލިމު ބަޔަކަށް މުސްލިމުންނަށް ވެވޭނީ ޢަމަލުންވެސް މާތް ވެގެން ކަަމަށް ވިދާޅުވެފައެވެ.

މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ޙަޔާތުން އެ މީހުންގެ މާތްކަން ދައްކަންޏާ. ހެޔޮ ކަންކަމަށް އަމުރުކުރަންޏާ. ނުބައިކަންކަން ނަހީކުރަންޏާ. ފުރިހަމަ މުސްލިމެއްގެ ގޮތުގާ ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަންކުރަމުން ގެންދަންޏާ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިންގެ ޢަމަލުން ދިވެހިންނަކީ މާތް ބައެއްކަން ދެއްކި އިރު ގައުމު އޮތީ ވަރަށް އުފާވެރިކޮށް ކަމަށެވެ. އެފަދަ ދިވެހިރާއްޖެއަކަށް މި ދިވެހި ރާއްޖެ އަލުން އިއާދަކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް މުޢިއްޒުވަނީ އެކަމުގައި ދިވެހިންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.