އެމެރިކާ ކަނޑުގެ ސިފައިންގެ މަނަވަރެއް.. ފޮޓޯ/ ރޮއިޓާސް
ހަބަރު
05 Sep 2024 | 08:09
ޖެޓްގެ ބަދަލެއްގެ ގޮތުން ވެނެޒުއެލާއިން، އެމެރިކާ ސިފައިންގެ އޮފިސަރަކު ހިފަހައްޓައިފި

އެމެރިކާ ކަނޑުގެ ސިފައިންގެ އޮފިސަރަކު ވެނެޒުއެލާއިން ހިފަހައްޓާފައިވާކަމަށް ސީއެންއެނުން ރިޕޯޓްކޮށްފިއެވެ.

ވެނެޒުއެލާއިން އެމެރިކާ ސިފައިންގެ އޮފިސަރަކު ހިފަހައްޓާފައިމިވަނީ މިދިޔަ ހަފްތާގައި، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ޕްރައިވެޓް ޖެޓް،  އެމެރިކާ ސިފައިން ހިފަހައްޓާފައިވަނިކޮށްކަމަށެވެ. ސީއެންއެނުން ބުނީ ވެނެޒުއެލާއިން އެމެރިކާގެ ނޭވީއަށް ނިސްބަތްވާ އޮފިސަރަކު ހިފަހައްޓާފައިވާކަމަށް އެޤައުމުގެ ނޭވީން ޔަގީންކޮށްދީފައިވާކަމަށެވެ. އަދި މިކަމެއް ހިނގާފައިވަނީ މަދޫރޯގެ ޖެޓް ހިފެހެއްޓިތާ އެއްދުވަސް ފަހުންކަމަށްވެސް ސީއެންއެނުން ބުންޏެވެ.

އެމެރިކާއިން ވެނެޒުއެލާގެ ރައީސްގެ ޕްރައިވެޓް ޖެޓް ހިފަހައްޓާފައިވަނީ، ޑޮމިނިކަން ރިޕަބްލިކް އެއާޕޯޓުންނެވެ. އެމެރިކާއިން އެ ބޯޓު ހިފަހައްޓާފައިވަނީ، ވެނެޒުއެލާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އުސޫލުން ބޭރުގެ ތެރެއިން ގަނެފައިވާ ޖެޓެއްކަމަށް ތުހުމަތުކޮށެވެ. އެމެރިކާއިން މިހާރު ވަނީ އެ ބޯޓް އެ ޤައުމުގެ ފްލޮރިޑާއަށް ގެންގޮސްފައެވެ.

މި މައްސަލާގައި ވެނެޒުއެލާއިން ރުޅިގަދަވެފައިވާއިރު، އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ މިއީ ރޯމާދުވާލު އެމެރިކާއިން ކުރި ބޮޑު ފޭރުމުގެ އަމަލެއްކަމަށެވެ. މިގޮތުން ވެނެޒުއެލާގެ ރައީސް މަދޫރޯ ވަނީ އެމެރިކާގެ މި އަމަލު ވަރަށްބޮޑަށް ކުށްވެރިކުރައްވާފައެވެ. 

އެމެރިކާއިން ވަގަށްނެގި ކަމަށް ވެނެޒުއެލާއިން ބުނާ، ރައީސް މަދޫރޯގެ ޖެޓް...

ޖެޓް ގެންދިޔަ މައްސަލާގައި ވެނެޒުއެލާއިން ބުނެފައިވަނީ އެމެރިކާއިން އަރައިގަތީ އެޤައުމުގެ މުދަލަކަށް ކަަމަށާއި، މިއީ އެހާ ފަސޭހައިން ދޫކުރެވޭނެ ކަމެއް ނޫންކަމަށެވެ. 

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވެނެޒުއެލާއިން އެމެރިކާ ނޭވީ އޮފިސަރަކު ހައްޔަރުކުރުކޮށްފައިމިވަނީ ރަޝިއާ ނުވަތަ އީރާނުގެ ވާގިވެރިކަން ލިބިގެންނެވެ. 

އެމެރިކާއިން ވެނެޒުއެލާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއެލާ މިއަދުވެސް އޮތީ އިގްތިސާދީގޮތުން ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ. ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެބޮޑު ތެލުގެ ރިޒާވް އޮތް ޤައުމެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމަށް ބޭނުންވާ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބައެއް ބާވަތްތައް ޖެހެނީ ބޭރު ޤައުމުތަކުން އެތެރެކުރާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.