ސެޓަން ޕްލެނެޓް
ހަބަރު
06 Sep 2024 | 17:36
މިރެއަކީ ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް!

މިރެޔަކީ އިރުގެ ޢާއިލާގެ ދެވަނައަށް އެންމެ ބޮޑު ޕްލެނެޓް ޒުޙަލް (ސެޓަން) ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ސެޓަން އަރާ ގަޑިއަކީ މިރޭ 20:14 ކަމަށްވާއިރު އޮއްސޭނީ މާދަމާ  ހެނދުނު 06:37ގައި ކަމަށް ފަލަކީ ހިސާބުތަކުން ލަފާކުރެއެވެ. މިހެންކަމުން، މިރޭ ގާތްގަނޑަކަށް 10 ގަޑިއިރާއި 23 މިނެޓު ވަންދެން ސެޓަން ޕްލެނެޓް އުޑުމަތީގައި ފެންނަން ހުންނާނެއެވެ.

ޒުޙަލް ޕްލެނެޓަކީ އިރުގެ ޢާއިލާގެ ހަވަނަ ޕްލެނެޓެވެ. އަދި މުޝްތަރީ ޕްލެނެޓަށްފަހު ދެވަނައަށް އެންމެ ބޮޑު ޕްލެނެޓެވެ. މި ޕްލެނެޓް ފާހަގަކޮށްލެވެނީ އޭގެ ވަށައިގެން ހުންނަ ރިންގުތަކުންނެވެ.

މިރޭ އަދި މާދަމާ ރޭ ވަނީ ސީލިގަރ އިފެކްޓް ކިޔާ ޚާއްޞަ ކަމެއް ފެނުމުގެ ފުރުޞަތު އޮވެއެވެ. މި އިފެކްޓުގެ ސަބަބުން ސެޓަންގެ ރިންގުތައް ވަގުތީގޮތުން އިތުރަށް އަލިވެއެވެ.

މިކަން ހިނގަނީ އިރާއި، ބިމާއި، ސެޓަން އެއް ސީދާ ރޮނގެއްގައި ޖެހޭއިރު، ރިންގުތަކުގެ ބައިތަކުގެ ހިޔަނި އަހަރުމެންނަށް ނުފެންނަ ގޮތަށް ވަގުތީގޮތުން "ފޮރުވޭ"ތީއެވެ. މީގެ އިތުރުން، ރިންގުތަކުގެ ބައިތަކުން އިރުގެ އަލި ބިމާ ދިމާލަށް އަނބުރާ ޖެހޭތީވެސް ރިންގުތައް އިތުރަށް އަލިވެއެވެ.

އެހެންކަމުން، ފަލަކީ ކަންކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިރޭ ސެޓަން ޕްލެނެޓް ބެލުމަކީ ރަނގަޅު ފުރުޞަތެއް ކަމަށް ފަލަކީ މާހިރުން ލަފާދެއެވެ. އަދި މި ޕްލެނެޓް ރަނގަޅަށް ފެންނާނީ އަލިކަން ކުޑަ ސަރަޙައްދުތަކުން ކަމަށްވެސް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.