ބަޔޯޓެކްނޮލޮޖީން ޕީއެޗްޑީ ހަދަމުންދާ ތާރުލް ރަޔާން-
ދުނިޔެ
08 Sep 2024 | 16:25
އިންޑިއާގައި ގާޑިޔަލެއް ހިންގަމުންދިޔައީ ބަޔޯޓެކްނޮލޮޖީން ޕީއެޗްޑީ ހަދާ ދަރިވަރެއް!

ދާދި ފަހުން މީހުންގެ ސަމާލުކަން އަތުލައިގަތީ އިންޑިއާގެ އެމެރިކާގެ ވްލޮގަރަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކަށެވެ.

މި ވީޑިއޯއިން ފެންނަނީ މަގުމަތީގައި ކާބޯތަކެތީގެ ގާޑިއާއެއް ހިންގާ މީހެއްގެ ވާހަކައެވެ. ބަލާބެލުމުގައި ހާއްސަ ނުވިއަސް މިއީ ބަޔޯޓެކްނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހަދަމުންދާ ދަރިވަރެކެވެ. ނަމަކީ ތާރުލް ރަޔާންއެވެ.

އިންޑިއާގެ މަޝްހޫރު 'ސްޓްރީޓް ފުޑް' ރަހަ ބަލައިލުމަށް ބްލޮގަރ ކްރިސްޓޯފަރ ލުއިސް ކުރި މި ޒިޔާރަތުގައި އޭނާ އަށް ވަނީ  ރަޔާންފަދަ ޒުވާނުން ކިޔެވުމާއި މަސައްކަތް އެކުގައި ކުރިއަށް ގެންދާ އުންމީދީ ދަތުރުގެ ކުޑަ ތަސައްވުރެއް ފެނިގެން ގޮސްފައެވެ.

ގޫގުލް މެޕްސް މެދުވެރިކޮށް ލުއިސް އަށް އެ ކާބޯތަކެތީގެ ގާޑިއާ ފެނުމުން އޭނާ ނިންމީ އެތަނުގެ ކާނާ ރަހަ ބަލައިލުމަށެވެ.

ކާތަކެއްޗަށް އޯޑަރު ދިނުމަށްފަހު އޯޑަރަށް އިންތިޒާރުކުރަމުން ދަނިކޮށް، ލުއިސް ރަޔާންއާއެކު ވާހަކަ ދައްކަން ފެށިއެވެ. ފަހުން، ރަޔާންއަކީ ބަޔޯޓެކްނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ކުރަމުންދާ ދަރިވަރެއްކަން އެނގުމުން ލުއިސް ވަރަށް ބޮޑަށް ހައިރާންވިއެވެ.

މި ވީޑިއޯގައި ރަޔާން، ލުއިސްއަށް އޭނާގެ ބަޔޯޓެކްނޮލޮޖީގެ ޕީއެޗްޑީއާ ބެހޭ ގޮތުން ކިޔައިދޭ އަޑު އިވެއެވެ. ރަޔާން ބުނި ގޮތުގައި އޭނާ ޕީއެޗްޑީ ހަދަމުން ދަނީ އެސްއާރްއެމް ޔުނިވަރސިޓީންނެވެ. އަދި އޭނާގެ ރިސާރޗް މަޒުމޫނުތައް ގޫގުލްގައި ހޯދުމަށް ލުއިސްއަށް ބުންޏެވެ. އޭގެ މަދު ސިކުންތުތަކެއް ލުއިސް ރަޔާން ގެ ނަމާއި ކޮލެޖް ގޫގުލް ކޮށްލި އިރު ރަޔާން ލިޔެފައިވާ ގިނަ ރިސާރޗް މަޒުމޫނުތަކެއް ފެނުނެވެ.

ރަޔާންގެ ތަޢުލީމީ ފެންވަރާއި އިތުރަށް މަސައްކަތް ކުރުމުގެ ޢަޒުމާއި އަދި ފައިސާ ހޯދުމަށް ކުރާ ވިޔަފާރި ލުއިސްއަށް ވަރަށް ކަމުދިޔައެވެ.

މި ވީޑިއޯ އިންޓަރނެޓްގައި ވަރަށް ބޮޑަށް ވައިރަލް ވެގެންދިޔައިރު،  ގިނަ ބަޔަކު ވަނީ ރަޔާންގެ ހިތްވަރަށް ތައުރީފްކޮށް، އޭނާއަކީ އެ ސިޓީގެ ގިނަ ޒުވާނުންނަށް ހިތްވަރެއް ކަމުގައި ބުނެފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.