10 Oct 2018 | 16:31
ހައިކޯޓް އަދި ސުޕްރީމް ކޯޓަށް ދާނެކަމަށް ބުނެ ޕީޕީއެމް އިން ނޫސްބަޔާނެއް ނެރެފި

ހައިކޯޓް އަދި ސުޕްރީމް ކޯޓަށް ދާނެކަމަށް ބުނެ ޕީޕީއެމް އިން ނޫސްބަޔާނެއް ނެރެފިއެވެ.

ޕީޕީއެމްގެ މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނިމި ދިޔަ ރިޔާސީ އިންތިހާބު ހިނގަމުން ދިޔައިރު ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އޮބްޒަރވަރުން، މޮނީޓަރުން، އަދި އާންމުންގެ ފަރާތުން އެ ޕާޓީއަށް ވަރަށް ގިނަ އަދަދެއްގެ ޝަކުވާތަކެއް ލިބިފައިވާކަމަށެވެ.

އެގޮތުން ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން ގޮސް ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހިމެނުން އަދި ގާނޫނު އަސާސީއާއި ހިލާފު ތަފާތު އާލާތްތައް ބޭނުން ކޮށްގެން ލެވޭ ވޯޓުގެ އިތުރުން ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތްކުރުން ފަދަ ގިނަ މައްސަލަތަކެއް މި ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހުރިހާ ޝަކުވާތަކެއް ރިއާޔަތް ކުރުމަށްފަހު އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ހައްގު ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އިންތިހާބާގުޅޭ މިބާވަތުގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި އެ ޕާޓީއިން ގަބޫލު ކުރާކަމައްވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ އިދާރާއަށް އެ މައްސަލަތައް ހުށަހަޅާ، ފުލުހުން ދީފައިވާ ޖަވާބަށް ރިއާޔަތްކޮށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރަނިގް މޭޓްގެ އިންތިހާބީ ހައްގު ހޯދުމަށްޓަކައި ރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް އެ ހުރިހާ މައްސަލަތަކެއް ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ މި ނޫސްބަޔާނުގައިވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
26 Jul 2026
ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
26 Jul 2026
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް
މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.
26 Jul 2026
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
26 Jul 2026
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
26 Jul 2026
4 ބޭފުޅަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަތަރު ބޭފުޅަކަށް އަރުއްވައިފިއެވެ.