ފުލުހުންނަށް ނުކިޔަމަންތެރިވުމާއި ގުޅިގެން ހައްޔަރުކުރި މީހާ-- ފޮޓޯ: ޕޮލިސް
ހަބަރު
12 Sep 2024 | 14:08
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް ހައްޔަރުކޮށް، އޭނާގެ ސައިކަލު ޓޯ ކޮށްފި

ފުލުހުންގެ އަމުރަށް ނުކިމަންތެރިވި މީހަކު ހައްޔަރުކޮށް، އޭނާގެ ސައިކަލު ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ 1:20 ހާއިރު، ރަސްފަންނު ކައިރިން ބާރު ސްޕީޑެއްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ވީސީޕީ އިން މަޑުކުރަން އިޝާރާތްކުރުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދާން އުޅުމުން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، މއ.ހިތްތަލަވިލާ، އާދަމް ޒިދާން (23އ.) އެވެ.

މި މައްސަލައިގައި ޒިދާން ދުއްވި ސައިކަލު ޓޯ ކޮށްފައިވާއިރު، ފުލުހުން ބުނިގޮތުގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ދާންއުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ވަނީ ޖެހިފައެވެ.

މި މައްސަލައާއި ގުޅިގެން ޒިދާން ގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް؛ ގިނައީ ދިވެހިން
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ބަލި ކޮންޓްރޯލުކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައު
28 Jun 2026
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެ އެވެ.
28 Jun 2026
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، ތިން ކޮންޓޭނަރު ނުފެނޭ
ފުލުހުން ބުނީ ބާޖުން ވެއްޓުނީ ފަސް ކޮންޓޭނަރު ކަމަށާ އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ.
28 Jun 2026
ދުންފަތާ ދުރުވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ދުންފަތާ ދުރުވުމަށް ގޮވާލައްވައި ޤައުމީ ކެމްޕެއިން ލޯގޯ އިފްތިތާޙުކުރައްވައިފި
28 Jun 2026
ޔޫރަޕުން ޑިޖިޓަލް ޓެކްސް ނަގައިފި ނަމަ ޓެރިފް %100 އަރާނެ
އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކަށް ޑިޖިޓަލް ސާވިސް ޓެކްސް ނަގާ ކޮންމެ ޔޫރަޕް ޤައުމަކުން ފޮނުވާ މުދަލުން ވަގުތުން ސައްތައިން ސައްތަ ޓެރިފް ނެގޭނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދެއްވައިފި އެވެ.
28 Jun 2026
ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގެ ފަހަތުގައި ޖެހި، ޕިކަޕު ކޮންޓްރޯލްނުވެގޮސް ހައިވޭގެ ފެންސާއި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން
28 Jun 2026
އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
އެޗްޕީއޭއިން ބުނީ، ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.