މިހާރު އެއްވެސް ސިޔާސީ ޕާޓީއަަކަށް ކްރެޑިޓަށް ޓިކެޓް ދޫ ނުކުރަން: މޯލްޑިވިއަން

04 Apr 2019 | 12:07

ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ކްރެޑިޓަށް ޓިކެޓް ދޫ ނުކުރާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރާ ކެމްޕޭން ދަތުރުތަކަށް މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކުރި ކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލ.ގަމު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް މޯލްޑިވިއަން އިން ވަނީ 150000 ރުފިޔާގެ ކްރެޑިޓް ހަމަޖައްސައި ދީފައެވެ.

މި ތުހުމަތު ތަކާއި ބެހޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެެހެން ނަމަވެސް އެއީ، ހަގީގަތާ ޚިލާފު ވާހަކައެއް ކަން ހާމަކޮށް މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ކެންޑިޑޭޓަކަށް ވެސް އެ ކުންފުނިން ކްރެޑިޓަށް ޓިކެޓް ދޫކޮށްފައި ނުވާނެ ކަމަށެވެ.

Advertisement

ކޮމެންޓް