އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒު މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން..
ހަބަރު
14 Sep 2024 | 14:42
މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާވެސް އޮތީ ތައްޔާރަށް: އިންޑިއާގެ ނޫސްތައް

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކާ ހަވާލާދީ އެޤައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ހާލަތުން އަރައިގަތުމަށް އިންޑިއާގެ ބޭންކުތައް މެދުވެރިކޮށް އެހީވެދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މިގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުމުގެ ފުރުސަތު އޮތްކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގައި ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުންވެސް މާލީ އެހީ ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި އެކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އިންޑިއާގެ ނޫސްތަކުން މިގޮތަށް ރިޕޯޓްކުރިނަމަވެސް ސަރުކާރުގެ ކަމާގުޅޭ އެއްވެސް ވުޒާރާއަކުން އަދި މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނޭކަމަށް ބުނެފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެޤައުމުން ބުނެފައިމިވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކަރަންސީ އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.