Advertisement

ހުޅުމާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި

ހުޅުމާލޭގެ މަގެއް-- ފޮޓޯ: ވޮއިސް

ހުޅުމާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ، މާރާމާރީ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށާއި، ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement

މީގެ އިތުރުންވެސް، މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް