ސްރީ ލަންކާގެ އައު ރައީސް، އަނުރާ ކުމާރާ ދިސަނާޔަކެ-- ފޮޓޯ: ކަލެކްޓެޑް
ދުނިޔެ
23 Sep 2024 | 10:25
ލަންކާގެ ރައީސްކަމުގެ ހުވާ ދިސަނަޔަކަ ކުރައްވައިފި

ސްރީ ލަންކާގެ އައު ރައީސް، އަނުރާ ކުމާރާ ދިސަނަޔަކަ، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

ލަންކާގެ އިންތިހާބުގެ ދެވަނަ ބުރަކަށް ދިޔުމުން، ދިސަނަޔަކަ ކާމިޔާބު ކޮށްފައިވަނީ, ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ނުލިބުނު ސަބަބުންނެވެ.

ރައީސްކަމަށް ދެވަނަ އަދި ތިންވަނައަށް ދީފައިވާ ވޯޓުތައް ގުނުމަށްފަހު، ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ދިސަނަޔަކަ ވަނީ ޖުމްލަ 5،740،179 ވޯޓާއެކު އިންތިހާބު ކާމިޔާބު ކޮށްފައެވެ.

އިދިކޮޅު ފަރާތުގެ ލީޑަރު ސަޖިތު ޕްރެމަދާސާ ދެވަނައަށް އައީ 4،530،902 ވޯޓާ އެކުގައެވެ. ކުރިން ރައީސް ކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގެއަށް ފުރަތަމަ ބުރުގައި 2،299،767 ވޯޓު ލިބުމާއި ގުޅިގެން އޭނާ ވަނީ ދެވަނަ ބުރުން ވަކިވެފައެވެ.

ދިސަނަޔަކަ ވަނީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ، ތާރީޚް އަލުން ލިޔުމަށް ވަޢުދުވެވަޑައިގެންފައެވެ.

ރައީސްކަމުގެ ހުވާކުރުމުގެ ކުރިން ދެއްވި ބަޔާނެއްގައި، 55 އަހަރުގެ އޭކޭޑީ ގެ ނަމުންވެސް މަޝްހޫރު ދިސަނަޔަކަ ވިދާޅުވީ މި ކާމިޔާބީއަކީ  އެންމެންގެ ވެސް ކާމިޔާބީއެއް ކަމަށާއި، ސްރީލަންކާ މިހާރު ވަނީ އާ ފެށުމެއްގައި ކަމަށެވެ.

ހަމައެއާއިއެކު، ކެމްޕޭނުގެ ތެރޭގައި، ދިސަނަޔަކަ ވަނީ ހަރުދަނާ ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅުތަކެއް ގެ އިތުރުން، ސްރީލަންކާގެ މެނުފެކްޗަރިންގ، ދަނޑުވެރިކަމާއި އައި.ޓީ ދާއިރާ ތަރައްޤީކުރުމަށް ވަޢުދުވެފައެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ސްރީލަންކާގެ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށާއި، އޭގެ ހަރުކަށި ފިޔަވަޅުތަކުކުގެ އަސަރު ޤައުމުގެ އެންމެ ނިކަމެތިންނަށް ކުޑަކުރުމަށްވެސް އެއްބަސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.