ޝަހީދުކޮށްލާފައިވާ 88 ހަށިގަނޑު ޔަހޫދީން ފޮނުވި ކޮންޓެއިނަރު ޓްރަކް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
26 Sep 2024 | 11:28
ޝަހީދުކޮށްލި 88 މީހެއްގެ ހަށިގަނޑު، އިސްރާއީލުން ޣައްޒާއަށް ފޮނުވީ ކޮންޓެއިނަރެއްގައި

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި ޝަހީދުކޮށްލި 88 މީހެއްގެ ހަށިގަނޑު ކޮންޓެއިނަރެއްގައި ޣައްޒާގެ ހެލްތު މިނިސްޓްރީ އާއި ހަވާލުކުރަން މަސައްކަތްކޮށްފިއެވެ.

މި ހަށިތައް ޔަހޫދީން ޣައްޒާއަށް އެތެރެކޮށްފައިވަނީ އެމީހުންގެ ގަދަކަމުން ހިފާފައިވާ ބޯޑަރެއް މެދުވެރިކޮށެވެ. 

ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މި ހަށިތައް ޣައްޒާއަށް އެތެރެކުރުމުގެ ކުރިން އެއީ ކޮން ބައެއް ކަމާއި، އެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ޔަހޫދީން ދީފައިނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަށިތަކުގެ ފުރިހަމަ މަޢުލޫމާތު ލިބި، އެ މީހުންގެ ގާތްތިމާގެ މީހުންނަށް އެ މީހުން ދެނެގަނެވެންދެން ޝަހީދުވެފައިވާ ހަށިތައް ހުރި ކޮންޓެއިނަރު ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން، އެ މިނިސްޓްރީގެ ޑައިރެކްޓަރ އިސްމާޢީލް އަލް-ޘަވާބިތާ ވިދާޅުވީ، ޔަހޫދީން އަމަލު ކުރަން ޖެހޭނީ ޝަހީދުންގެ ހަށިތަކާއި, ޝަހީދު ކޮށްލާފައިވާ މީހުންގެ ޢާއިލާތަކުގެ ކަރާމަތަށް ގެއްލުމެއް ނުވާނެ ގޮތަށް, އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއް ގޮތަށްކަމަށެވެ.

އެއީ ކޮންބައެއް ކަމަށާއި، ޝަހީދު ކޮށްލާފައި ވަނީ ކޮން އިރަކު, އަދި ކޮން ތަނަކު ކަން ޔަހޫދީން ހާމަކުރަންދެން، އެ ހަށިތައް ބަލައިގަތުމާއި ވަޅުލުމަށް އިންކާރުކޮށް، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން އިސްރާއީލުގެ ފަރާތުން މި ހަށިތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

މިއާއިއެކު، އައިސީއާރުސީ އިން ނެރުނު ބަޔާނެއްގައި ބުނީ، މިކަމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، "ޝަހީދު ކޮށްލާފައިވާ ކޮންމެ މީހެއްގެ މަޢުލޫމާތު, އެ މީހެއްގެ ޢާއިލާއާ ޙިއްޞާ ކުރަން ޖެހޭނެ ކަމަށާއި, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް އެ ބަޔެއްގެ އާދަކާދަތަކާ އެއް ގޮތަށް ވަޅުލުމުގެ ފުރުޞަތު ދޭން ޖެހޭނެ ކަން ތަކުރާރުކޮށް ހަނދާންކޮށްދޭ ކަމަށެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން، ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ މީހުންނާމެދު ޢަމަލުކުރަންވާނީ އިންސާނީ ކަރާމާތާއި އިހުތިރާމް ނުގެއްލޭ ފަދައިންނެވެ. ޤާނޫނުގައި ބުނާ ގޮތުން، އެމީހުންގެ ހަށިތައް ހޯދައި، ވަޅުލުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ ހަށިތައް ރައްކާ ކުރަން ޖެހޭނެއެވެ.

އެހެންނަމަވެސް، ބައިނަލްއަގުވާމީ އެތައް ގާނޫނުތަކާއި އެންގުންތަކަށް ބީރު ކަންފަތެއް ދެމުންގެންދާ ޔަހޫދީން މިވަނީ މި ޤާނޫނާއި ވެސް ޚިލާފުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.