ދައުލަތުގެ މީޑިއާ، ޕީއެސްއެމް ހެޑްކުއާޓަރު
ހަބަރު
26 Sep 2024 | 21:16
ޕީއެސްއެމްގެ ހިޔާނާތާ ގުޅޭ އޮޑިޓް: ތިޖޫރީން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ޕަބްލިކް ސާވިސް މީޑިއާއިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ އާ ގުޅޭ 36 ސަފްހާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ޕީއެސްއެމަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ލިބިފައި ނުވާކަމަށެވެ. 

އެގޮތުން ކުރެވުނު އޮޑިޓްގައި އުސޫލާ ހިލާފަށް މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަަަކޮށްފައެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ ޕީއެސްއެމަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުންފެށިގެން 2024 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުންް ްފެށިގެން މިއަހަރުގެ އެޕްރިލްމަހުގެ ނިޔަލަށް އާމްދަނީ އާއި އެހެނިގެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށެވެ. މީގެ ތެރޭގައި ތިޖޫރީގައި ހުރި 190،087 ރުފިޔާވެސަް ހިމެނެއެވެ.

އޮޑިޓް ރިޕޯޓްގެ ހުލާސާ

- ޑޮލަރުގަތުމަށް ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ޖުމްލަ 373،988 ޑޮލަރަށްވާ 5،785،346 ރުފިޔާ ޕީއެސްއެމްގެ އެކައުންޓުން އެކިފަހަރުމަތިން ނަގާފައިވާއިރު، 4،583،701 ރުފިޔާއަށްވާ 297،257 ޑޮލަރު ޕީއެސްއެމަށް ލިބިފައެއް ނުވެއެވެ.

- އޮންލައިން ޓްރާންސްފަރ ހަދައިގެން 1،284،479 ރުފިޔާ ޑޮލަރުގަތުމަށް ނަގާފައިވާއިރު، ޖުމްލަ 75،491 ޑޮލަރަށްވާ 1،164،068 މިލިއަން ރުފިޔާ އެކިފަހަރުމަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން.

- އޮންލައިން ޓްރާންސްފަރ ހެދުމަށް ބައެއް ޕޭމަންޓް ވައުޗަރުތަކުގައި ސޮއިކޮށްފައިވަނީ ހަމައެކަނި އޭރުގެ ފައިނޭންސް ޑިރެކްޓަރު އެކަނިކަން.

- ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރުގަތުމަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް އެއް ބިލްތަކެއް ބޭނުންކޮށްފައިވާކަން.

- ޑޮލަރު ގަތުމަށް ނެގި ފައިސާއަށް ލިބުނު ބައެއް ޑޮލަރުތައް މުއާމަލާތްކުރުމުގައި ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރީގެ އެކައުންޓްތައް އުސޫލާ ހިލާފަށް ބޭނުންކޮށްފައިވުން.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވާގޮތުން 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ޕީއެސްއެމަށް ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނީގެ ބޭނުމަށް ބޭނުންނުކޮށް އަދި ކުންފުނީގެ ތިޖޫރިއަށްވެސް ނުވައްދައި އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާ އާ އެންމެފަހުން  ހަވާލުވެފައިވަނީ ކުރީގެ ފައިނޭންސް ޑިރެކްޓަރުކަން ފާހަގަކުރެވިފައިވާކަމަށެވެ. 

މިގޮތުން ޕީއެސްއެމް ތިޖޫރީގައި ހުންނަންޖެހޭ 190،087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކުރީގެ ފިނޭންސް ޑިރެކްޓަރު ހަވާލުވުމަށްފަހު، އެފައިސާ ޕީއެސްއެމް އެކައުންޓަށް ނުވަދެ ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓްގައިވަނީ ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ހިޔާނާތާ ގުޅޭ އެތައް މައްސަލަތަކެއް ފާހަގަކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދައުލަތުގެ މީޑިއާ ފާހަގަކުރެވިފައިވަނީ، އެދެވޭ ގޮތެއްގައި އާމްދަނީ ނުލިބި، ދަރަނީގެ މައްސަލަ އެންމެ ބޮޑު ކުންފުނީގެ ގޮތުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.