އދ އާއްމު މަޖިލީހުގެ ތެރެއިން..
ހަބަރު
27 Sep 2024 | 22:10
ނަތަންޔާހޫ ތަގުރީރުކުރަން ފެށުމުން ރާއްޖޭން މަޖިލިސްދޫކޮށް ހިނގައްޖެ

އދ ގެ އާއްމު މަޖިލީހުގައި މިއަދު އިޒްރާއީލްގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ތަގްރީރުކުރަން ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ މާލަމުން ނިކުމެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ ގެ އާއްމު މަޖިލީހުގައި މިއަދު އިޒްރާއީލްގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ތަގްރީރުކުރަން ފެށުމާއެކު ފަލަސްތީނަށް ތާއީދުކުރާ ޤައުމުތަކުން ވަނީ މަޖިލިސް ބޮއިކޮޓްކުރުމަށްފަހު މާލަމުން ނިކުމެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނިކުމެފައިވާކަމަށެވެ.

ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންކަމަށް ހީނާ ވިދާޅުވިއެވެ. އދ ގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ.މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

އަންގާރަދުވަހު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ފަލަސްތީނަށް ދިވެހިރާއްޖެއިން ކުރެވެންހުރި ހުރިހާ ގޮތަކުން އެހީތެރިވެދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެ ރައީސުން ވަނީ މަޝްވަރާކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުން ހިންގަމުންގެންދަނީ، ނިރުބަވެރި އަމަލުތަކެއް ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމައުއިން އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިޒްރާއީލުން ފަލަސްތީނުގެ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަދި އިންސާނީ އެހީދޭ ވަސީލަތްތަކަށް ހަމަލާދިނުމާއި އަދި ކުށެއްނެތް ފަލަސްތީނުގެ އަންހެނުންނާއި، ފިރިހެނުންގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންދާ ނިރުބަވެރި އެ އަމަލުތަކަށް އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.