ޕީއެސްއެމް-- ފޮޓޯ: ޕީއެސްއެމް
ހަބަރު
28 Sep 2024 | 15:58
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް ފޮނުވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލުނު މައްސަލަ، ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީގައި ކަމަށްވާތީ، އެ މައްސަލަ ފުލުހުން އޭސީސީ އަށް ފޮނުވާފައި ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ހާއްސަ އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ހަދާފައިވާއިރު، ޕީއެސްއެމަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ލިބިފައި ނުވާކަން އެ އޮޑިޓުން ވަނީ ހާމަވެފައެވެ.

މީގެ އިތުރުންވެސް،  އޮޑިޓްގައި އުސޫލާ ހިލާފަށް މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަަަކޮށްފައެވެ.

މިގޮތުން:

1) ޑޮލަރުގަތުމަށް ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ޖުމްލަ 373،988 ޑޮލަރަށްވާ 5،785،346 ރުފިޔާ ޕީއެސްއެމްގެ އެކައުންޓުން އެކިފަހަރުމަތިން ނަގާފައިވޭ

2) އޭގެ ތެރެއިން 4،583،701 ރުފިޔާއަށްވާ 297،257 ޑޮލަރު ޕީއެސްއެމަށް ލިބިފައެއްނުވޭ

3) އޮންލައިން ޓްރާންސްފަރ ހަދައިގެން 1،284،479 ރުފިޔާ ޑޮލަރުގަތުމަށް ނަގާފައިވާއިރު، ޖުމްލަ 75،491 ޑޮލަރަށްވާ 1،164،068 މިލިއަން ރުފިޔާ އެކިފަހަރުމަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް

4)  އޮންލައިން ޓްރާންސްފަރ ހެދުމަށް ބައެއް ޕޭމަންޓް ވައުޗަރުތަކުގައި ސޮއިކޮށްފައިވަނީ ހަމައެކަނި އޭރުގެ ފައިނޭންސް ޑިރެކްޓަރު އެކަނި

5) ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރުގަތުމަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް އެއް ބިލްތަކެއް ބޭނުންކޮށްފައިވޭ

6) ޑޮލަރު ގަތުމަށް ނެގި ފައިސާއަށް ލިބުނު ބައެއް ޑޮލަރުތައް މުއާމަލާތްކުރުމުގައި ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރީގެ އެކައުންޓްތައް އުސޫލާ ހިލާފަށް ބޭނުންކޮށްފައިވޭ

އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓްގައިވާ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ޕީއެސްއެމަށް ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނީގެ ބޭނުމަށް ބޭނުންނުކޮށް އަދި ކުންފުނީގެ ތިޖޫރިއަށްވެސް ނުވައްދައި އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާ އާ އެންމެފަހުން ހަވާލުވެފައިވަނީ ކުރީގެ ފައިނޭންސް ޑިރެކްޓަރެވެ.

މިގޮތުން ޕީއެސްއެމް ތިޖޫރީގައި ހުންނަންޖެހޭ 190،087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކުރީގެ ފިނޭންސް ޑިރެކްޓަރު ހަވާލުވުމަށްފަހު، އެފައިސާ ޕީއެސްއެމް އެކައުންޓަށް ނުވަދެ ގެއްލިފައިވާކަން ފާހަގަކުރުމުގެ އިތުރުން، ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ހިޔާނާތާ ގުޅޭ އެތައް މައްސަލަތަކެއް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.