ބަލާފާސްކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން، އިމިގްރޭޝަނާ ޕޮލިހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން..
ހަބަރު
29 Sep 2024 | 17:25
ޤަވަައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ދެވަނަ ފިޔަވަހި ހުޅުމާލޭގައި ފަށައިފި

ޤަވަައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ބަލާފާސްކުރުމުގެ ދެވަނަ ބުރު މިއަދު ހުޅުމާލޭގައި ފަށައިފިއެވެ. 

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން މއަދު ހުޅުމާލޭގައި ފަށައިގެން ކުރިއަށްދާކަމަށެވެ.

މި އިނިސްޕެކްޝަނުގެ ދަށުން ޤަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލާފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އިމިގްރޭޝަނުން ބުނީ، މި ހަރަކާތުގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުންކަމަށެވެ. އަދި އެފަދަ ފަރާތްތައް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ހިމެނޭކަމަށްވެސް އިމިގްްރޭޝަނުން ބުންޏެވެ.

ބަލާފާސްކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން، އިމިގްރޭޝަނާ ޕޮލިހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން..

އިމިގްރޭޝަނުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ޤަވައިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. މީގެ ތެރޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ބިދޭސީން ހިމެނޭއިރު، މީގެ ތެރެއިން ބައެއް މީހުން ވަނީ ޑީޕޯޓްވެސް ކޮށްފައެވެ. 

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 10 މަސްދުވަހުގެ ތެރޭގައި ޤަވައިދާ ހިލާފަށް އުޅުނު 4،000 ހާހަށްވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޑީޕޯޓްކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިމަހުގެ މިހާތަނަށް 660 ހަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.މި ސިޔާސަތުގެ ދަށުން އިމިގްރޭޝަނުން ގެންދަނީ މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުގެ ރަށްތަކުގައިވެސް ޤަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.